Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގަވާއިދާއި ހިލާފަށް އަމުރު ނުކުރެވޭނެ ކަމަށް ޝަމްއާން ބުނި: އިންޓެލް ހެޑް

ގަވާއިދާއި ހިލާފަށް އަމުރު ނުކުރެވޭނެ ކަމަށް ޝަމްއާން ބުނި: އިންޓެލް ހެޑް

އައިޝަތު ރުވާ ރިފްޢަތު
233 ދުވަސް ކުރިން - 1 ޑިސެންބަރު 2025 13:39
ޝަމްއާން ޝަރީއަތުގެ މަޖިލީހުގައި---
ޝަމްއާން ޝަރީއަތުގެ މަޖިލީހުގައި---
ޚުލާސާ

ޝަމްއާންގެ އަމުރަށް ދޫކޮށްލި ކަމަށް ބުނާ ބިދޭސީ މީހާގެ އަތުގައި ސައްހަ ވިސާއެއް އޮތް ކަމަށާއި، އެހެން ކުށެއް ނުކުރާހާ ހިނދަކު ބަންދެއް ނުކުރެވޭނެ ކަމަށް ބުނި

ގަވާއިދާއި ހިލާފަށް އިމިގްރޭޝަންގެ އެއްވެސް އޮފިސަރަކަށް އަމުރު ނުކުރެވޭނެ ކަމަށް ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަޙީދު ބުނި ކަމަށް އިއްޔެ ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި ހެކިބަސް ދެއްވަމުން އިމިގްރޭޝަންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ހެޑް މުހައްމަދު ޝިފާން ވިދާޅުވެއްޖެ އެވެ. މިއީ މި އަހަރުގެ މާޗް މަހު އިމިގްރޭޝަންގެ ރިސްކް ޑިވިޝަނުން ބަންދުކުރި ބިދޭސީއަކު ދޫކޮށްލި މައްސަލައިގައި ޝަމްއާނަށް ކުރާ ބޮޑެތި ތުހުމަތުތަކާއި ގުޅޭ މައްސަލައެވެ.

މުހައްމަދު ޝިފާން ހެކިބަސް ދިން ގޮތުގައި ޝަމްއާނުގެ އިރުޝާދުގެ ދަށުން އެ އޮޕަރޭޝަން ހިންގި ނަމަވެސް ކުރީގެ ކޮންޓްރޯލަރުގެ ހައިސިއްޔަތުން ގަވާއިދާއި ހިލާފު ކަމެއް ކުރުމަށް އެއްވެސް އިރުޝާދެއް ޝަމްއާން ދީފައެއް ނުވެއެވެ.

އިއްޔެ އަޑުއެހުމުގައި ބަންދުގައި ތިބި ބިދޭސީންނާ ގުޅޭގޮތުން ދިން ލަފާ ސާފުކޮށްދިނުމަށް އެދުމުން ޝިފާން ވިދާޅުވީ އެމީހުންގެ (ބިދޭސީންގެ) އަތުގައި ސައްހަ ވިސާ އެއް އޮތް ކަމަށާއި، އެހެން ކުށެއް ކޮށްގެން ނޫނީ ގާނޫނީ ގޮތުން ބަންދުގައި އެ މީހުން ނުބެހެއްޓޭނެ ކަމަށެވެ.

Advertisement

Advertisement 1

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ބަންދުކޮށްފައިވާ ބިދޭސީ މީހާ ދޫކުރުމަށް އަމުރުކުރީ ޝަމްޢާނެވެ. އަދި 500،000 ރުފިޔާ ބިދޭސީ މީހާގެ އަތުން ނެގުމަށް ޝަމްއާން އަމުރުކުރި ކަމަށާއި އެ ފައިސާ ނެންގެވުމަށް ފަހު އޭގެތެރެއިން 400،000 ރުފިޔާ ޝަމްއާނުގެ އަތުގައި ބެހެއްޓި ކަމަށެވެ. ޕީޖީން ބުނާ ގޮތުގައި ޝަމްއާން ވަނީ އެ ފައިސާގެ ބައެއް ބޭންކް އޮފް މޯލްޑިވްސްގެ ދެ ސްޓޫޑެންޓް ލޯނަކަށް ދައްކާފައެވެ.

ޝަމްއާން ގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު މީގެ ކުރިން ވިދާޅުވެފައި ވަނީ ޝަމްއާންގެ މައްޗަށް ބަލަމުން މިދާ މައްސަލައިގައި ނުފޫޒު ފޯރުވަންޖެހޭ ހެއްކެއް ނުހުންނާނެ ކަމަށާއި އަދި ނުފޫޒު ފޯރުވައިގެން ބަދަލު ކުރަންޖެހޭ ހެއްކެއް ވެސް ނުހުންނާނެ ކަމަށެވެ.

ޝަމްއާން ވަހީދު (ކުރީގެ ކޮންޓްރޯލަރ)ކްރިމިނަލް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

3 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

3 ދުވަސް ކުރިން - 18:42

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

42 ދުވަސް ކުރިން - 11:09

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

43 ދުވަސް ކުރިން - 18:19

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

70 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

70 ދުވަސް ކުރިން - 16:23