Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުރީގެ ރައިސުންނަށް އޮފީސް ހިންގުމަށް ދޭ ހަރަދު ކަނޑާލާ ނުވަ މިލިއަން ސަލާމަތްކުރަން ފާސްކޮށްފި

ކުރީގެ ރައިސުންނަށް އޮފީސް ހިންގުމަށް ދޭ ހަރަދު ކަނޑާލާ ނުވަ މިލިއަން ސަލާމަތްކުރަން ފާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
192 ދުވަސް ކުރިން - 1 ޑިސެންބަރު 2025 13:00
ކުރީގެ ފަސް ރައީސުން.
ކުރީގެ ފަސް ރައީސުން.
ޚުލާސާ

އޮފީސް ހިންގުމަށް ކަނޑައަޅާފައިވާ އަދަދަކީ 175،000 ދިވެހި ރުފިޔާ. މި އިނާޔަތް މިއަދާ ހަމަޔަށް ލިބުނު ރައީސުންނަކީ މައުމޫން، ނަޝީދު، ސޯލިހު އަދި ވަހީދު.

ކުރީގެ ރައީސުންނަށް ދިވެހި ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދޭ އޮފީސް ހިންގުމުގެ ހަރަދު ކަމަށްވާ 175،000 ދިވެހި ރުފިޔާގެ އިނާޔަތް ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މި ބިލު ފާސްކޮށްފައިވަނީ 68 މެންބަރުންގެ އަގުލަބިއްޔަތާއެކުގަ އެވެ. މި ބިލު މަޖިލީހަށް ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

މި ބިލު ފާސްވުމާއެކު ކުރީގެ ރައީސުން ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ ކުރީގެ ރައީސުންނަށް ދޭ އެއްވެސް އިނާޔަތެއް ދެން ނުލިބޭނެ އެވެ. ކުރީގެ ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ނަމަ ހިމާޔަތާއި ރައްކާތެރިކަން ލާޒިމް ނުވާނެ ކަމަށާއި، ނަމަވެސް އަނބުރާ ރާއްޖެ އައުމުން ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ވާގޮތުން އެއްދައުރު ކޮށްފިނަމަ 50،000 ރުފިޔާ މަހަކު ދޭންޖެހޭނެ އެވެ. އަދި އެއަށްވުރެ ގިނަ ދައުރު ކުރައްވައިފި ނަމަ 75،000 ރުފިޔާ މަހަކު ދޭންވާނެ އެވެ. މީގެ އިތުރުން ކުރީގެ ރައީސަކު ދިރިއުޅުއްވާ ގެކޮޅަށް ދައުލަތުގރ ބަޖެޓުން މަހަކު 50،000 ރުފިޔާ ހަމަޖައްސައިދޭން ވާނެ އެވެ. އެހެން ކަމުން މުޅި ޖުމްލަ މަހަކު ކުރީގެ ރައީސުންނަށް ލިބޭނީ 100،000 ރުފިޔާ އެވެ. ދެ ދައުރު ކުރެއްވި ރައީސަކު އަދި ނެތެވެ.

Advertisement

Advertisement 1

ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ކުރީގެ ނައިބު ރައީސުންނަށް އިނާޔަތެއް ކަނޑައެޅުމަށް މިއަދު ފާސްކުރި ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން ނައިބު ރައީސްކަން ކޮށްފައިތިބި ބޭފުޅުންނަށް މަހަކު 30،000 ރުފިޔާ ހަމަޖައްސައި ބޭސްފަރުވާގެ ކަންކަން ދައުލަތުން ހަމަޖައްސަން ވާނެ އެވެ. ނައިބު ރައީސުންގެ ތެރޭގައި މި ޝަރުތު ފުރިހަމަވާނެ ހަމައެކަނި ރައީސަކީ ނިމިދިޔަ ދައުރުގައި ހުންނެވި ފައިސަލް ނަސީމެވެ. ރާއްޖޭގެ ނައިބު ރައީސަކު ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވީ ހަމައެކަނި ފައިސަލް ނަސީމެވެ. އެހެން ކަމުން އެކަމަށްޓަކައި މިލިއަނެއްހާ ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

މި ބަދަލާއެކު ކުރީގެ ރައީސުންނަށް ހާއްސަކުރި އަދަދު 19.7 މިލިއަން ރުފިޔާއިން 10.2 މިލިއަން ރުފިޔާ އަށް ކުޑަވެ 9.5 މިލިއަން ރުފިޔާ ބަޖެޓުން ސަލާމަތްވެގެންދާނެ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރައްވަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން އިއުލާނު ކުރައްވާފަ އެވެ. އެހެން ކަމުން ރައީސް މި ބިލު ތަސްދީގުކުރައްވާނެ ކަން ވަރަށް ޔަގީނެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްރައީސް މުޙައްމަދު ނަޝީދުރައީސް ޑރ. ވަހީދުރައީސް ޔާމީންއިބްރާހިމް މުހައްމަދު ސޯލިހްރައީސް ޑރ. މުހައްމަދު މުއިއްޒުރައްޔިތުންގެ މަޖިލިސް
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

1 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31