ޓެލެތޯނަށް 24 ގަޑިއިރުތެރޭ 5.7 މިލިއަން ރުފިޔާ އެއްކުރެވިއްޖެ

އައިޝަތު ރުވާ ރިފްޢަތު | 1 ގަޑިއިރު ކުރިން - 1 ޑިސެންބަރު 2025 08:50
ޓެލެތޯނަށް އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސް އިން ފައިސާ ހަދިޔާކުރުން
ޓެލެތޯނަށް އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސް އިން ފައިސާ ހަދިޔާކުރުން
ޚުލާސާ

ރޭގެ ވަގުތެއްގައި ޓެލެތޯން ވަނީ މިއަދުގެ މެނދުރު ފަހު 14:00 އާ ހަމައަށް ދިގު ދަންމާލާފައި.

"ސިލޯނާއެކު ދިވެހިން" ނަމުގައި ދައުލަތުގެ މީޑިއާ އިން އިސްނަގައިގެން ކުރިއަށް ގެންދާ ޓެލެތޯނަށް މިހާތަނަށް 5.7 މިލިއަން ރުފިޔާ (5,758,318.84) ރުފިޔާ އެކި ފަރާތްތަކުން ޖަމާކޮށްފި އެވެ.

އިއްޔެ ހެނދުނު 09:00 ޖެހިއިރު ފެށި މި ޓެލެތޯނު ނިންމާލުމަށް ފުރަތަމަ ސުންގަޑި ކަނޑައަޅާފައި އޮތީ ރޭ ދަންވަރުގެ 01:00 އާ ހަމައަށެވެ. ނަމަވެސް ޓެލެތޯނަށް އޮތް ތަރުހީބު ބޮޑުކަމުން ޓެލެތޯނުގެ މުއްދަތު ވަނީ މިއަދު މެނދުރު ފަހު 14:00 އާ ހަމައަށް ދިގު ދަންމާލާފަ އެވެ.

ޓެލެތޯނުގެ އިތުރުން ވެސް ރާއްޖޭގެ ސަރުކާރުން ވަނީ ހޮނިހިރު ދުވަހު ލަންކާ އަށް އެހީތެރިވުމުގެ ގޮތުން 50،000 ޔޫއެސް ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ނިންމާފަ އެވެ. މީގެ އިތުރުން ސަން ސިޔާމް ގްރޫޕުގެ ފަރާތުން 200،000 ޑޮލަރު ލަންކާ އަށް ހަދިޔާ ކުރަން ވަނީ ނިންމާފަ އެވެ.

ގައުމީ ފއންވަރުގެ މި ޓެލެތޯނަށް ގިނަ އަދަދެއްގެ ބަޔަކު ފައިސާ ހަދިޔާ ކުރަމުންދާއިރު މިހާތަނަށް ބޮޑެތި އަދަދުތަކުން ހަދިޔާ ފޯރުކޮށްދީފައިވާ ފަރާތްތަކަކީ؛

  1. އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސް - 250،000 ރުފިޔާ
  2. އެމްއޭސީއެލް - 250،000 ރުފިޔާ
  3. ޕީއެންސީ ޕާލިމެންޓްރީ ގްރޫޕް -300،000 ރުފިޔާ
  4. އެމްޓީޑީސީ - 50،000 ރުފިޔާ
  5. އާރުޑީސީ - 100،000 ރުފިޔާ
  6. ފޮރިން މިނިސްޓްރީ - 59،000 ރުފިޔާ
  7. ސިޓީސް މިނިސްޓްރީ - 75،757 ރުފިޔާ
  8. ރައީސް އޮފީސް - 50،000 ރުފިޔާ
  9. އިކޮނޮމިކް މިނިސްޓްރީ - 30،199 ރުފިޔާ
  10. އެމްޓީސީސީ - 100،000 ރުފިޔާ
  11. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން - 30،000 ރުފިޔާ
  12. މުހައްމަދު ރަޝީދު (ނޮޅިވަރަމް ދާއިރާގެ މެންބަރު) - 20،000 ރުފިޔާ
  13. ބީއެމްއެލް - 25،000 ޔޫއެސް ޑޮލަރު
  14. އެޗްޑީސީ - 100،000 ރުފިޔާ
  15. ވެމްކޯ - 100،000 ރުފިޔާ
  16. އާސަންދަ - 75،000 ރުފިޔާ
  17. މޯލްޑިވްސް ފަންޑް މެނޭޖްމަންޓް - 50،000 ރުފިޔާ
  18. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން - 500،000 ރުފިޔާ
  19. ޗަމްޕާ ސެންޓަރަލް އެންޑް ރިޒޯޓްސް - 10،001 ޔޫއެސް ޑޮލަރު
  20. ފެނަކަ - 100،000 ރުފިޔާ
  21. ލިލީ އެންޑް މާގިރި - 50،000 ރުފިޔާ
  22. ބީސީސީ - 35،000 ރުފިޔާ
  23. ރަޝީދު ކާޕެންޓަރީ - 150،000 ރުފިޔާ

މީގެ އިތުރުން ވެސް ރާއްޖޭގެ އެކިއެކި ކުންފުނިތަކާއި މިނިސްޓްރީތަކުން ވަނީ ބޮޑެތި އަދަދުތަކުން ޓެލެތޯނަށް ފައިސާގެ އެހީ ހަދިޔާ ކޮށްފަ އެވެ.

2014 ވަނަ އަހަރު ރާއްޖެއަށް ދިމާވި ފެނުގެ ކާރިސާ އާއި ގުޅިގެން ރާއްޖެއަށް އެހީ ފޯރުކޮށްދިން އެންމެ ފުރަތަމަ އެއް ގައުމަކީ ސްރީލަންކާ އެވެ. އަދި 2016 ވަނަ އަހަރު ލަންކާ އަށް ދިމާވި ތޫފާނުގައި ލަންކާ އަށް އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލި އެއް ގައުމަކީ ދިވެހިރާއްޖެ އެވެ. މިފަދަ ހިތާމަވެރި ހާދިސާތަކުގައި ދެ ގައުމަކީ ވެސް އެއްގައުމު އަނެއް ގައުމަށް ދީލަތި އެހީ އަބަދުވެސް ފޯރުކޮށްދޭ ދެ ގައުމެވެ. މިފަހަރު މި ދިމާވި ހިތާމަވެރި ހާދިސާގައި ވެސް ލަންކާ އަށް އެންމެ ފުރަތަމަ އެހީ ދޭން ނިންމި ގައުމަކީ ރާއްޖެ އެވެ. އެކަމަށްޓަކައި ލަންކާ އިން ދަނީ ރާއްޖެ އަށް ޝުކުރު އަދާކުރަމުންނެވެ.

ލަންކާ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކި ގޮތްގޮތަށް ފައިސާ ހަދިޔާ ކުރެވޭނެ އެވެ. އެގޮތުން ޓްރާންސްފާ މެދުވެރިކޮށް، ކިއުއާރު ކޯޑު ސްކޭން މެދުވެރިކޮށް، ޗެކު އަދި ކޭޝް މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. ފަންޑު ފޮށިތައް ބެހެއްޓިފައި ހުންނާނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގަ އެވެ.

ޓްރާންސްފާ ކުރާނީ ބީއެމްއެލްގައި ހުޅުވާފައިވާ "Ceylon Aaeku Dhiveheen" މި އެކައުންޓަށެވެ.

ދިވެހި ރުފިޔާ އެކައުންޓް ނަންބަރު: :7730000796107

ޔޫއެސް ޑޮލަރު އެކައުންޓް ނަންބަރު: 7730000796106

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%