Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕީއެންސީން ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ޑިސެމްބަރު 27 ވަނަ ދުވަހު ބާއްވަނީ

ޕީއެންސީން ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ޑިސެމްބަރު 27 ވަނަ ދުވަހު ބާއްވަނީ

އައިޝަތު ރުވާ ރިފްޢަތު
279 ދުވަސް ކުރިން - 30 ނޮވެންބަރު 2025 13:58
ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގެ ތެރެއިން.
ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގެ ތެރެއިން.
ޚުލާސާ

މިފަހަރު އިންތިހާބަށް ޕީއެންސީން 1،400 މީހުން ފޯމު ހުށަހަޅާނެ. ފޯމު ހުށަހަޅަން ޖެހޭނީ ޕޯޓަލް އެއް މެދުވެރިކޮށް.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީގެ އިންތިހާބުގެ ޕްރައިމަރީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މިއަދު މެންދުރު ފަހު ޕީއެންސީ އޮފިހުގައި ބޭއްވި ޕްރެސް ކޮންފަރެންސުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ކުރިއަށް އޮތް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވީ ލޯކަލް ކައުންސިލް އަދި އަންހެނުން ތަރައްގީގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު އެ އޮފީހަށް މާދަމާއިން ފެށިގެން ހުށަހެޅޭނެ ކަމަށެވެ. އަދި ޕާޓީގެ ޕްރައިމަރީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވިގެންދާނެ ކަމަށް ފަލާހު ވިދާޅުވި އެވެ. ވޯޓު ލާއިރު ވޯޓު ލާން ޖެހޭނީ އެމީހަކު ރަޖިސްޓަރީ ވެފައިވާ ފޮށްޓަކަށް ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. ރަށުގައި ހުންނަ ފޮށްޓަށް ރަޖިސްޓަރީ ވެފައިވާ ފަރާތަކަށް މާލޭގައި ހުންނަ އެ ރަށޫގެ ފޮށްޓަށް ވޯޓު ނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މިހާރުވެސް ޕްރައިމަރީގައި ވާދަކުރަން ގިނަ އަދަދެއްގެ ބޭފުޅުން ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަމަށާއި އެހެން ކަމުން މި ޕްރައިމަރީ ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީ އަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީ ކަމަށާއި އެކަން އެންމެ ފަހުން އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާ އިން ފެންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

Advertisement

Advertisement 1

ފަލާހު ވިދާޅުވީ ޕްރައިމަރީއާ ނުލައި އެއްވެސް މީހަކަށް ޕާޓީގެ ފަރާތުން ޓިކެޓު ނުދޭނެ ކަމަށާއި، ޕްރައިމަރީގައި ވާދަކުރަން ޕީއެންސީގެ ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޕްރައިމަރީގެ ކަންކަން އެ ޕާޓީ އިން ގެންދާނީ ވަރަށް ބޮޑަށް ދެފުއް ފެންނަ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްރެސް ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިފަހަރު އިންތިހާބަށް 1،400 މީހުން ފޯމު ހުށަހަޅާނެ ކަމަށާއި، ފޯމު ހުށަހަޅަން ޖެހޭނީ ޕޯޓަލް އެއް މެދުވެރިކޮށް ކަމަށެވެ. އަދި ޕޯޓަލްއާ ބެހޭ މައުލޫމާތު ޕާޓީގެ އެކި ގުނަވަންތަކަށް މިރެއިން ފެށިގެން ފޯރުކޮށްދޭނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރު އޭޕްރީލް މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ނިންމާފަ އެވެ.

ޕީއެންސީލޯކަލް ކައުންސިލް އިންތިޚާބުމެމްބަރު އިބްރާހިމް ފަލާހް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

5 ދުވަސް ކުރިން - 23:49

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

7 ދުވަސް ކުރިން - 08:31

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

18 ދުވަސް ކުރިން - 12:53

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

30 ދުވަސް ކުރިން - 13:30

ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް، ދައްކަނީ އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫން: ރައީސް

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

30 ދުވަސް ކުރިން - 08:44

2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ހުރިހާ ވައުދެއް ފުއްދައި ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

2028 ގައި ހުރިހާ ވައުދެއް ފުއްދައި ނިންމަވާނަން: ރައީސް

30 ދުވަސް ކުރިން - 08:35