Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފެހި އާފަލު: ހީވެސް ނުކުރާ އެތައް ފައިދާތަކެއް ލިއްބައިދޭ މޭވާއެއް!

ފެހި އާފަލު: ހީވެސް ނުކުރާ އެތައް ފައިދާތަކެއް ލިއްބައިދޭ މޭވާއެއް!

މުޙައްމަދު ޖިނާން ހުސައިން ޖަބީން
289 ދުވަސް ކުރިން - 30 ނޮވެންބަރު 2025 13:01
ފެހި އާފަލުތަކެއް--- ފޮޓޯ: އިންޓަނެޓް
ފެހި އާފަލުތަކެއް--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

ފެހި އާފަލަކީ އެ މޭވާއެއްގައި ނިއުޓްރިޝަންސް އެންމެ ގިނަ އެއް މޭވާ

ދިވެހިންނަކީ އަބަދުވެސް މޭވާގެ ގިނަ ބާވަތްތަކެއް ކެއުމުގައި ހިމަނާ ބައެކެވެ. އެގޮތުން ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް މޭވާއަކީ އާފަލޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އޭގެތެރެއިންވެސް ދިވެހިން އާންމުގޮތެއްގައި ކައި އުޅެނީ ފެހި އާފަލެވެ. ރަތް އާފަލާއި ހިލާފަށް ފެހި އާފަލަކީ ހުތް ފޮނި ރަހައެއް ހުންނަ މޭވާއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފެހިކަން އެކުލެވިގެންވާ އާފަލުގެ ބާވަތްތަކުގައި ސިއްހީގޮތުން ލިބޭ ފައިދާތައް އެހެނިހެން ބާވަތްތަކުގެ އާފަލުތަކަށްވުރެ އިތުރެވެ.

ފެހި އާފަލަކީ އޭގައި ސިއްހީ ގޮތުން އެތައް ބައިވަރު ފަރުވާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ފެހި އާފަލަކީ އެ މޭވާއެއްގައި ނިއުޓްރިޝަންސް އެންމެ ގިނަ އެއް މޭވާ އެވެ. "އޭން އެޕަލް އަ ޑޭ ކީޕްސް އަ ޑޮކްޓަރ އަވޭ" އޭ ބުނެވެނީ މި ސަބަބަށްޓަކައި ކަމަށްވެސް ވެދާނެ އެވެ. އެގޮތުން ހިތުގެ ބަލިތަކުން ސަލާމަތްކޮށްދީ ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަމަށް ފެހި އާފަލަކީ ވަރަށް ރަނގަޅު މޭވާއެކެވެ. މީގެ އިތުރުން އިސްތަށިގަނޑާއި ހަމުގެ ދުޅަހެޔޮ ކަމަށްވެސް ފެހި އާފަލަކީ ހަމަ އެއްވަނައިގެ މޭވާއެކެވެ.

ފެހި އާފަލަކީ ފައިބަރ، ޕްރޮޓީން، މިނަރަލްގެ އިތުރުން ވިޓަމިންތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ. ހަށިގަނޑަށް ބޭނުންވާ މިފަދަ ނިއުޓްރިޝަންސްތައް ފެހި އާފަލުގައި ގިނަވުމުގެ ސަބަބުން ބަރުދަން ލުއިކުރުމަށްވެސް މި މޭވާ ވަރެއް ހަމަ ނެތެވެ.

Advertisement

Advertisement 1

ފެހި އާފަލުން ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދީ ހިތުގެ ބަލިތަކުން ސަލާމަތްކޮށްދޭ

ފެހި އާފަލަކީ ގިނަ އަދަދަކަށް ފައިބަރ ހިމެނޭ މޭވާއެއްކަމުން، އިންސާނާގެ މެޓަބޮލިޒަމް ރަނގަޅުކޮށްދީ ހަޖަމުކުރުމުގެ ނިޒާމު ސާފުކޮށްދެ އެވެ. މި މޭވާ އޭގެ ތޮށިގަނޑާއެކު ބޭނުންކޮށްފިނަމަ ބަނޑުހަރުވުމުން ދުރުކޮށްދީ އަވަހަށް ހަޖަމުކުރުމަށް އެހީތެރިވެދެ އެވެ. ކޮންމެ ދުވަހަކު ފެހި އާފަލެއް ކެއުމުގައި ހިމަނައިފިނަމަ ހަށިގަނޑުގައި ހުންނަ ހުރިހާ ވިހަ މާއްދާތަކެއް ހަށިގަނޑުން ބޭރުކޮށްދީ، ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކުން ސަލާމަތްކޮށްދެ އެވެ. ފެހި އާފަލުގައި އެކުލެވޭ ފައިބަރގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދިނުމަށް އެހީތެރިވެދެ އެވެ. އަދި ހަމައެހެންމެ، ކޮންމެ ދުވަހަކު ކެއުމުގައި ފެހި އާފަލެއް ހިމަނައިފިނަމަ، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ހިތުގެ ބަލިތަކުން ސަލާމަތްކޮށްދިނުމަށް އެހީތެރިވެދެ އެވެ.

ފެހި އާފަލުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭ

ކޮންމެ ދުވަހަކު ފެހި އާފަލެއް ކެއުމުގައި ހިމަނައިފިނަމަ، ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރުވާލުމަށް އެހީތެރިވެދެ އެވެ. ފެހި އާފަލަކީ ކެލޮރީސް މަދު އަދި ގިނަ އަދަދަކަށް ފައިބަރ ހިމެނޭ މޭވާއެއް ކަމުން ހެނދުނު ހުސްބަނޑާ ހުރެ މި މޭވާ ކެއުމުން ބަނޑުހައިހޫނުކަން އިހުސާސްކޮށްދިނުމުން ދުރުކޮށްދިނުމަށް އެހީތެރިވެދެ އެވެ. ބަރުދަން ލުއިކުރުމަށް ފެހި އާފަލު އެހޭތެރިވެދޭ އެއް ސަބަބަކީ މި މޭވާގައި ސޯޑިއަމް، ހަކުރު، އަދި ފެޓް ހިމެނޭ މިންވަރު މަދުވުމެވެ.

ކޮންމެ ދުވަހަކު ފެހި އާފަލެއް ކެއުމުގައި ހިމަނައިފިނަމަ ހަކުރުބަލިން ސަލާމަތްކޮށްދޭ

ކޮންމެ ދުވަހަކު ފެހި އާފަލެއް ކެއުމުގައި ހިމަނައިފިނަމަ، ހަކުރުބަލި ފަދަ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެދެ އެވެ. މި މޭވާއަކީ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ މޭވާއެކެވެ. މީގެ އެންމެ ހެޔޮ ނަތީޖާއެއް ފެންނާނީ ކޮންމެ ދުވަހަކު ހެނދުނު ހުސްބަނޑާ ހުރެ މި މޭވާ ކައިފިނަމަ އެވެ. ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ކޮންމެ ދުވަހަކު ކެއުމުގައި މި މޭވާ ހިމަނައިފިނަމަ ޓައިޕް ދޭއް ހަކުރުބަލި ޖެހުމުގެ ފުރުސަތު 30 އިންސައްތަ ކުޑަކޮށްދެ އެވެ.

އިސްތަށިގަނޑާއި ހަންގަނޑުގެ ސިއްހަތަށްވެސް މިވަރެއް ނެތް

ފެހި އާފަލުގައި އެކުލެވޭ ވިޓަމިން އޭ އަދި ސީގެ ސަބަބުން ހަންގަނޑުގައި ރޫޖެހުމުގެ ފުރުސަތު ކުޑަވެ އިސްތަށިގަނޑު ވަރުގަދަވެ އިސްތަށި ފޭބުން ހުއްޓުވުމަށް އެހީތެރިވެދެ އެވެ. މި މޭވާގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަންގަނޑުގައި ހުންނަ ލަކުނުތަކާއި ރޫތައް ފިލުވާލުމަށް އެހީތެރިވެދީ ހަންގަނޑު ޒުވާންކަން މަތީ ބެހެއްޓުމަށް އެހީތެރިވެދެ އެވެ. މީގެ އިތުރުން ބޮލުން ހަންފޮޅުން ހުއްޓުވައިދީ، އިސްތަށިގަނޑު އޮމާންކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެ އެވެ.

މިނޫނަސް ފެހި އާފަލުން އެތަކެއް ފައިދާތަކެއް އިންސާނާގެ ހަށިގަނޑަށް ލިއްބައިދެ އެވެ. އޭގެ ތެރޭގައި ކަށިތައް ވަރުގަދަކޮށްދީ، އަލްޒައިމާ ބަލިން ސަލާމަތްކޮށްދީ، ހަށިގަނޑުގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދިނުމުގެ އިތުރުން ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދެ އެވެ. އަދި ހަމައެހެންމެ، ފެހި އާފަލުގައި ހިމެނޭ ނިއުޓްރިޝަންސްތަކުގެ ސަބަބުން ލިވަރގެ ސިއްހަތަށްވެސް މިއީ ހަމަ އެއްވަނައިގެ މޭވާއެކެވެ. އެހެންކަމުން ފެހި އާފަލަކީ ނުކައި ދޫކޮށްލެވޭ ވަރަށްވުރެ ފައިދާ ހުރި މޭވާއެއްކަމީ ޝައްކެއްވެސް ނެތް ހަގީގަތެކެވެ.

ލައިފް ސްޓައިލްސިއްހަތު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި އޮގަސްޓް މަހު 58.4 މިލިއަން ރުފިޔާ ދޫކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޮގަސްޓް މަހު 58 މިލިއަން ދޫކޮށްފި

20 ގަޑިއިރު ކުރިން - 15:39

ޒުވާން އުމުރުގައި މަރުވުން މަދުކުރުމުގެ ޑަބްލިޔުއެޗްއޯގެ 2030 ގެ ލަނޑުދަނޑި ރާއްޖެއިން ހާސިލްކޮށްފި

ޒުވާން އުމުރުގައި މަރުވުން މަދުކުރުމުގެ ޑަބްލިޔުއެޗްއޯ ގެ ލަނޑުދަނޑި ރާއްޖެއިން ހާސިލްކޮށްފި

5 ދުވަސް ކުރިން - 23:16

ޓައިޕްކުރުމާއި ލިޔުން ފަދަ އާންމު ދިރިއުޅުމުގެ ކަންކަމުން އަތްތިލައިގެ ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް!

އާންމު ދިރިއުޅުމުގެ އާދަތަކުން ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް ލިބޭ!

7 ދުވަސް ކުރިން - 14:59

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

24 ދުވަސް ކުރިން - 15:57

ލަންކާގެ ޑޮކްޓަރެއް، ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

28 ދުވަސް ކުރިން - 17:37

މާލެއަށް ބަރޯސާވުން ކުޑަކުރަން އަތޮޅުތެރޭގެ 10 ރަށެއްގެ ހޮސްޕިޓަލްތައް ތަރައްގީކުރަނީ

މާލެއަށް ބަރޯސާވުން ކުޑަކުރަން އަތޮޅުތެރޭގެ 10 ރަށެއްގެ ހޮސްޕިޓަލްތައް ތަރައްގީކުރަނީ

37 ދުވަސް ކުރިން - 10:22