ސްރީލަންކާގައި ފެން ބޮޑުވުމާއި ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އެއާޕޯޓުގައި އެއްވެސް ދިވެއްސަކު ތާށިވެފައި ތިބި ނަމަ ވީހާ ވެސް އަވަހަށް ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް އެންގުމަށް އެދިއްޖެއެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ބުނީ، އެ ޤައުމުން ރާއްޖެ އަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން ދަތުރު ފެށުމުގެ ކުރިން އެއާލައިންތަކުން ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށެވެ.
މިހާރު ކުރިމަތިވެފައިވާ ޑިޓްވާ ތޫފާނުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. ޑައިރެކްޓް ފުލައިޓުަކާއި ޓްރާންސިޓް ފްލައިޓްތަކަށް ވެސް ވަނީ އަސަރުކޮށްފައެވެ.
ލަންކާ އަށް މިވަގުތު ވަރުގަދަ ޠޫފާނަކާއި ކުރިމަތިވެފައިވާއިރު، އެކަމުގެ ސަބަބުން 123 މީހުން މަރުވެ ގިނަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.









