ގދ. ތިނަދޫގެ ގެއެއް ތެރޭގައި ކައިވެނިނުކޮށް ބަދުއަހުލާގީ އަމަލު ހިންގަން ތިއްބާ ދިވެހި ފިރިހެނަކާއި ތައިލަންޑުގެ އަންހެނެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ ފައިސާ އަށް ހަށިވިއްކަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ މުއައްސަސާއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހުކުރު ދުވަހުގެރޭ 23:30 ހާއިރު އެ ރަށުގެ ގެއެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލަންޑު އަންހެނެކެވެ. އެ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ ބަދުއަހުލާގީ އަމަލު ހިންގަން ތިއްބާ ކުށުގެ ވެށިން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލައިގައި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފަ އެވެ. އަދި ބިދޭސީ އަންހެން މީހާ އަށް ވަނީ ހަތަރު ދުވަހަށް މުއްދަތު ޖަހާފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ހައްޔަރުކުރަމުންނެވެ. ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަންހެން ބިދޭސީން ހަށިވިއްކަމުންދާކަން ފާހަގަކުރެވެ އެވެ.






