ފަލަސްޠީނުގެ ޙައްޤު ހޯދައިދިނުމަށް މުޅި ދުނިޔެއަށް ރައީސް ގޮވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 29 ނޮވެންބަރު 2025 13:56
ރައީސް މުޢިއްޒު ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެކު
ރައީސް މުޢިއްޒު ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެކު
ޚުލާސާ

ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް ވަނީ، ފަލަސްޠީނުގެ ހައްގުތައް ހޯދައިދިނުމުގައި ޢަމަލީގޮތުން މަސައްކަތްކުރުމަށް މުޅި ދުނިޔެއަށް ގޮވާލައްވާފަ

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުޅި ދުނިޔެ އަށް ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިހެން ގޮވައިލެއްވީ މިއަދު ފާހަގަކުރާ ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެެވ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ހަނގުރާމަ ހުއްޓާލި ނަމަވެސް ޣައްޒާ ގައި ހަމަލާތައް ކުރިއަށްދާއިރު، ހުޅަނގު އައްސޭރީގެ ބިން ފޭރުމުގެ ކަންކަން ކުރިއަށް ދާތީވެ ސުލްހަ ގާއިމްކުރުމަށާއި އިގްތިސާދީ ތަނަވަސްކަން ހޯދުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތްތަކަށް އެކި ގޮތްގޮތުން ހުރަސް އެޅެމުން ދެއެވެ.


ރައީސުލްޖުމްހޫރިއްޔާ ތާއަބަދުމެ ވަކާލާތު ކުރައްވަނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކަށް ރުޖޫޢަވެ، އިރުމަތީ ގުދުސް އަކީ ފަލަސްޠީނުގެ ވެރި ރަށް ކަމަށް ބަލައިގަތުމުގެ ސިޔާސަތަށެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ހައްގުތަކަށް ވަކާލާތުކޮށް، އާންމުންނަށް ދެމުންދާ އަނިޔާތަކަށް ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ ފޯރަމްތަކުގައި އަދުގެ ސަރުކާރުން އަބަދުވެސް ވަކަލާތު ކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%