ލަންކާއިން ގެއްލުނު ދިވެހިން ފެނިއްޖެ

ޢަބްދުﷲ ޖުނައިދު | 2 ދުވަސް ކުރިން - 28 ނޮވެންބަރު 2025 22:49
ލަންކާގައި ހުންނަ ދިވެހި އެމްބަސީ: ކުއްލި ޙާލަތުގައި އެހީތެރިކަން ބޭނުންވާ ނަމަ 0768816666 އަށް ގުޅުމަށް އެމްބަސީން ބުނޭ
ލަންކާގައި ހުންނަ ދިވެހި އެމްބަސީ: ކުއްލި ޙާލަތުގައި އެހީތެރިކަން ބޭނުންވާ ނަމަ 0768816666 އަށް ގުޅުމަށް އެމްބަސީން ބުނޭ
ޚުލާސާ

އެ ޢާއިލާ އާއި މުވާޞަލާތު ނުކުރެވުނީ އެ ސަރަޙައްދުގައި ކަރަންޓް ކަނޑާލާފައި ވުމުގެ ސަބަބުން ކަމަށާއި، އެ މީހުންގެ ޙާލު ރަނގަޅު ކަމަށް

ތޫފާނާއި ކުރިމަތިވެފައިވާ އަވަށްޓެރި ސްރީލަންކާ އިން ގެއްލިގެން ރިޕޯޓްކުރި ދިވެހިން ފެނިއްޖެ ކަމަށް އެ ޤައުމުގައި ހުންނަ ދިވެހި އެމްބަސީ އިން ބުނެފިއެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން މީގެ ކުރިން ބުނި ގޮތުގައި، ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ސްރީލަންކާގެ އަންހެނެއް ހިމެނޭ ގޮތަށް ތިން މީހުންގެ އާއިލާއެކެވެ.

ދިވެހި އެމްބަސީ އިން ބުނީ އެ ޢާއިލާ އާއި މުވާޞަލާތު ނުކުރެވުނީ އެ ސަރަޙައްދުގައި ކަރަންޓް ކަނޑާލާފައި ވުމުގެ ސަބަބުން ކަމަށާއި، އެ މީހުންގެ ޙާލު ރަނގަޅު ކަމަށެވެ.

"ދިޓްވާ"ގެ ނަން ދީފައިވާ ސްރީލަންކާވެ ކައިރިން އުފެދިފައިވާ މި ތޫފާނުގެ ސަބަބުން އެގައުމުގެ ވަރަށް ބޮޑު ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

އެމްބަސީ އިން ބުނީ ސްރީލަންކާގައި މިވަގުތު ދިރިއުޅޭ ނުވަތަ އެކި ބޭނުންތަކަށް ގޮސް އުޅޭ ދިވެހިންގެ ތެރެއިން އެއްވެސް ފަރާތަކަށް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، 0768816666 ނަމްބަރަށް ގުޅުމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%