Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މި ސަރުކާރުން ދިވެހިންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ތިޔާގިކަމަށް އިސްކަން ދޭނަން: ސައީދު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
329 ދުވަސް ކުރިން - 28 ނޮވެންބަރު 2025 09:52
މިނިސްޓަރު ސައީދު. މިކަމުގައި ތަންފީޒީ އިދާރާތަކާއި، ހޯމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި--- ފޮޓޯ: އިންޓަނެޓް

ޚުލާސާ

މި އަންނަ ހަފުތާއިން ފެށިގެން މި މަސައްކަތް މިހާރަށްވުރެ ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ

މި ސަރުކާރުން ދިވެހިންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހިންގެ ތިޔާގިކަމަށް އިސްކަން ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މި މޭރުމުން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމަވާ، މިފަދަ ވިޔަފާރި ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ރައްޔިތުން ނުހަނު ކަންބޮޑުވާ މި ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement 1

1979 ވަނަ އަހަރު ހެދިފައި އޮތް ފޮރިން އިންވެސްޓްމަންޓް ގާނޫނު، 46 އަހަރަށް ފަހު ނިމުމަކަށް ގެނެސް، މިޒަމާނަށް ފެތޭ، އަދި މާޒީގައި ކުރެވިފައިވާ އެކި ތަޖުރިބާތަކުގެ އަލީގައި އޭރުއްސުރެ ކުރިމަތިވަމުން އައި މައްސަލަތައް ހައްލު ކުރެވޭނެ ހަރުދަނާ ގާނޫނެއް މުޅިން އަލަށް އެކުލަވާލައި، ފާސްކޮށް، ގެޒެޓުކުރެވި އަމަލުކުރަން ފެށިފައިވުމަކީ، ބިދޭސީން ނުގަވާއިދުން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާއެކު ފިޔަވަޅުތައް ތަންފީޒު ކުރުމަށް މި ސަރުކާރުން ފަހިކުރި ފުރުސަތެއް. --- މިނިސްޓަރު ސައީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

މިކަމުގައި ތަންފީޒީ އިދާރާތަކާއި، ހޯމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިފަދަ ކޮންމެ މައްސަލައެއްވެސް ހައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކަމަށާއި، ނުގަވާއިދުން ވިޔަފާރިކުރާ އެއްވެސް ފަރާތަކަށް ފުރުސަތު ނުދީ އަދި ދިވެއްސެއްގެ ނިވަލުގައި ފިލައި ހުރެ އަމިއްލަ ވިޔަފާރިތައް ހިންގާ ބިދޭސީންނަށް ޖާގަ ނުދިނުމަށް އެންމެން އެއްރޫހެއްގައި އެއްބާރުލައިގެން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު މުހައްމަދު ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރާއްޖޭގައި ހަރަކާތްތެރިވި 29 ފޮރިން އިންވެސްޓްމަންޓެއް އުވާލައިފި

9 ދުވަސް ކުރިން - 13:57

"މާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިމޭނެ"

10 ދުވަސް ކުރިން - 12:21

"އީ-ކޮމާސްއަށް އެޅިފައިވާ ހުރަސްތައް ކުރީގެ ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ދަނީ ކުރަމުން"

10 ދުވަސް ކުރިން - 11:07

ޓްރާންޝިޕްމަންޓު ޕޯޓެއް ގާއިމްކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ދަނީ މަސައްކަތް ކުރަމުން: ސައީދު

10 ދުވަސް ކުރިން - 10:48

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައިވާ ބޭރުގެ ވިޔަފާރިތަކުގެ ހަގީގީ މިލްކުވެރިކަން ކަށަވަރުކުރަނީ

14 ދުވަސް ކުރިން - 19:33

"އަސާސީ ކާބޯތަކެތީގެ ލިސްޓަށް ބާވަތްތައް އިތުރުކުރީ ކުދި ވިޔަފާރިތަކާ ވާދަކުރާކަށް ނޫން"

16 ދުވަސް ކުރިން - 11:41