އިންޑިއާގެ އިރުއުތުރުގައިވާ އިސްރާއީލުގެ ޤަބީލާއަކަށް ނިސްބަތްވާ 5،800 މީހުން އިސްރާއީލަށް ގެނައުމުގެ ޕްލޭނެއް ޒައެނިސްޓް ސަރުކާރުން ރަސްމީކޮށް ފާސް ކޮށްފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި އޭގެތެރެއިން 1،200 މީހުން އަންނަ އަހަރު އިސްރާއީލަށް ގެންދާނެއެވެ. ބާކީ ތިބި މީހުން މި ފަސްއަހަރުތެރޭ އިސްރާއީލަށް ބަދަލު ކުރާނެއެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ނިންމާފައި ވަނީ އިންޑިއާ އިން ގެންދާ މި ދެންނެވި މީހުންނަށް ގެދޮރު ހަމަޖައްސައިދީ ހިބްރީ ބަހުގެ ކޯސްތައް ވެސް ހިންގާށެވެ.
ބެލެވޭ ގޮތުގައި މި މީހުން ވަޒަންވެެިކުރުވާނީ ގަލީލީ ސަރަޙައްދުގައެވެ.
މިއީ ބައިބަލްގައި ބުނާ ބަނީ މަންސިޔާ ޤަބީލާގެ މީހުން ކަމަށާއި، މި ޤަބީލާގެ މީހުން ވަނީ މީގެ 2700 އަހަރު ކުރިން ގެއްލިފައި ކަމަށް އިސްރާއީލުން ބުނެއެވެ.
އިސްރާއީލުން ގެންދަނީ އެ މީހުންގެ ބްލަޑް ލައިނާއި ގުޅިފައިވާ ހުރިހާ އެންމެން ހޯދައި އެ މީސްމީހުން އިސްރާއީލުގައި ވަޒަންވެރިކުރުވަައި ފަސްޠީނުގެ ބިން ފޭރިގަންނަމުންނެވެ.






