ހުޅަނގު އައްސޭރިއަށް ޔަހޫދީން ވަދެ ރައްޔިތުން ހައްޔަރުކޮށް ލޫޓުވަން ފަށައިފި

ޢަބްދުﷲ ޖުނައިދު | 3 ދުވަސް ކުރިން - 27 ނޮވެންބަރު 2025 15:36
އިސްރާއީލު ސިފައިން ހުޅަނގުއައްސޭރީގެ ޢާންމުންނަށް ބިރުދައްކަނީ
އިސްރާއީލު ސިފައިން ހުޅަނގުއައްސޭރީގެ ޢާންމުންނަށް ބިރުދައްކަނީ
ޚުލާސާ

ހުޅަނގުއައްސޭރިއަށް ހެލިކޮޕްޓަރުތަކުގައި އައިސް، އައިޑީއެފް އިން ދަނީ ތަންތަން ލޫޓުވައި ޢާންމުން ހައްޔަރުކުރަމުން.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ހެލިކޮޕްޓަރުތަކުގައި ހަތިޔާރާއި އެކު ހިފާފައިވާ ހުޅަނގު އައްސޭރިއަށް ވަދެ، ޢާންމުން ދިރިއުޅޭ ތަންތަނަށާއި ޢިމާރާތްތަކަށް ވަދެ ޖެއްސުންކޮށް، އެމީހުންގެ ހިތަށް އެރި އެއްޗެއް ނަމަ ނަގައި، ވަރަށް ފުޅާ ދާއިރާއެއްގެ އަސްކަރީ އޮޕަރޭޝަނެއް ފަށައި ޢާންމުންނަށް ބިރު ދައްކަން ފަށައިފިއެވެ.

ތޫބާސް ސަރަޙައްދުގެ ގަވަރުނަރު އަހުމަދު އަލް އަސްޢަދު ވިދާޅުވި ގޮތުގައި ޒައެނިސްޓް ސިފައިން ދަނީ ގަދަކަމުން ބައެއް ޢާންމުން ގެދޮރުން ނެރެ، ބޮޑެތި މަގުތައް ބަންދުކޮށް، އަވަށްތައް ބަންދު ކުރަމުންނެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި ޒައެނިސްޓު ސިފައިން ވަނީ ފަލަސްޠީނުގެ 30 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް ގިނަ ބަޔަކަށް ބޮޑެތި އަނިޔާތައް ވެސް ކޮށްފައެވެ.

އައިޑީއެފް އިން ބުނީ އެ މީހުން ހުޅަނގުއައްސޭރިއަށް އަރައިގަނެގެން އުޅެނީ ހަނގުރާމަވެރިން ހަތިޔާރުތައް އެއްކޮށް ޔަހޫދީންނާއި ކުރިމަތިލާން އުޅޭ ކަމުގެ ޖާސޫސީ މަޢުލޫމާތު ލިބިފައި ވާތީއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%