ކުރީގެ ރައީސުންނަށް ދެމުން އަންނަ 175,000 ރުފިޔާ ނުދޭން ހުށަހަޅައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 3 ދުވަސް ކުރިން - 27 ނޮވެންބަރު 2025 13:44
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ކުރީގެ ރައީސުން އޮފީސް ހިންގުމަށް އިނާޔަތް ދޭން ނުޖެހޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި

ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175،000 ރުފިޔާ ދޭން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ދޭ ފައިސާ އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތެއް ދޭން ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ.

ރައިސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ހިމަނާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންގެ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހާއްސަ އިނާޔަތެއް ދިނުމަށްވެސް މި ބިލުގައި ހިމަނާފައިވުމުގެ ސަބަބުން ހަރަދުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އަންދާޒާކުރެވެ އެވެ.

މި އިސްލާހުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި އިނާޔަތް ލިބޭނީ ހަމައެކަނި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރާ ނައިބު ރައީސުންނަށް އެކަންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވުނު ހަމައެކަނި ނައިބު ރައީސަކީ ނިމިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ފައިސަލް ނަސީމް އެކަންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%