Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިނާޔަތް ލިބޭނެ ނައިބުރައީސަކީ ފައިސަލް އެކަނި

އިނާޔަތް ލިބޭނެ ނައިބުރައީސަކީ ފައިސަލް އެކަނި

ޢަބްދުﷲ ޖުނައިދު
230 ދުވަސް ކުރިން - 27 ނޮވެންބަރު 2025 13:31
ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް: ފަސްއަހަރުގެ ދައުރެއް ހަމަކުރި ހަމައެކަނި ނައިބަކީ ފައިސަލް
ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް: ފަސްއަހަރުގެ ދައުރެއް ހަމަކުރި ހަމައެކަނި ނައިބަކީ ފައިސަލް
ޚުލާސާ

އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުން އިނާޔަތް ދޭންޖެހޭނީ ފަސްއަހަރުގެ ދައުރު ފުރިހަމަ ކުރާ އަދި ކޯޓުން ޙުކުމެއް ކޮށްފައި ނުވާ ނައިބު ރައީސުންނަށް އެކަނި

ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ އޮފީސް ހިންގުމުގެ ޚަރަދު ކުޑަކޮށް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދިނުމަށް، "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނު" އިޞްލާޙް ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ ހުށަހެޅިފައިވާ ގޮތުން ނައިބު ރައީސުންނަށް އިނާޔަތް ދޭން ފެށުމުން، އިނާޔަތަށް ޝަރުތު ހަމަވާނީ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އެކަންޏެވެ.

ހުށަހެޅި އިސްލާހުގައި، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175،000 ރުފިޔާ ދޭން ނުޖެހެއެވެ. މީގެ އިތުރުން، ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ އެހެން މަޤާމަކަށް އައްޔަން ކުރެވިއްޖެނަމަ، އެ މަޤާމެއްގެ މުއްދަތުގައި ޤާނޫނުން ދޭ އިނާޔަތްތައް މެދުކަނޑާލަންޖެހޭނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. މިހާރުގެ ޤާނޫނުގައި އޮންނަނީ އިނާޔަތް މެދުކަނޑާލަން ޖެހެނީ ދެވަނަ ދައުރަކަށް އިންތިޚާބުވުމުން އެކަންޏެވެ.

އަދި ކުރީގެ ރައީސުން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަމަ، ސަލާމަތާއި ރައްކާތެރިކަން ދޭން ނުޖެހޭނެ ކަމަށްވެސް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މި ބަދަލުތަކުގެ ސަބަބުން އަހަރަކު 10.5 މިލިޔަން ރުފިޔާ ދައުލަތަށް ސަލާމަތްވާނެ ކަމަށް ބިލު ހުށަހެޅި މެންބަރު ޝާހިދު ވިދާޅުވިއެވެ.

Advertisement

Advertisement 1

އިޞްލާޙުގައިވާ ގޮތުން ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް މަހަކު 25،000 ރުފިޔާގެ އިނާޔަތެއް ދިނުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ހަމަޖައްސައިދޭންޖެހޭނެ ކަމަށް ބުނެފައިވެއެވެ. ނައިބުންނަށް އިނާޔަތް ދޭން ފެށުމުން އަންނަ އަހަރު 300،000 ރުފިޔާ އަދި ބޭސްފަރުވާގެ ޚަރަދަށް 700،000 ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ޝަރުތު ހަމަވަނީ ފައިޞަލް ނަސީމްއަށް އެކަންޏޭ ދަންނަވަން ޖެހުނީ އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުން އިނާޔަތް ދޭންޖެހޭނީ ފަސްއަހަރުގެ ދައުރު ފުރިހަމަ ކުރާ ނައިބު ރައީސުންނަށް އެކަންޏެވެ. އަދި ޖިނާޢީ ކުށެއް ޝަރީޢަތަށް ސާބިތުވެފައި ނުވާނަމައެވެ. މި އުޞޫލުން ބަލާނަމަ، މިހާތަނަށް ފަސްއަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ފައިޞަލް ނަސީމެވެ.

އާ ޤާނޫނުއަސާސީއަށް ފަހު ދިވެހި ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި އެހެން ބޭފުޅުންނަށް އެކި ސަބަބުތަކާހުރެ ފަސްއަހަރުގެ ދައުރު ފުރިހަމަ ނުކުރެއްވެއެވެ. ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ދެން ވެރިކަމާއި ޙަވާލުވެވަޑައިގަތީ އެ މަނިކުފާންގެ ނައިބަކަށް ހުންނެވި ޑރ. މުޙައްމަދު ވަޙީދެވެ. އެހެންކަމުން ނައިބު ރައީސްކަމުގައި ވަހީދު ފަސްއަހަރު ހޭދައެއް ނުކުރެއްވިއެވެ. ވަހީދުގެ ނައިބަކަށް ހުންނެވި، މުޙަންމަދު ވަޙީދުއްދީން ވެސް ނައިބު ރައީސްކަން ކުރެއްވީ ދެއަހަރެއްހާ ދުވަހުއެވެ.

ދެން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ޖަމީލް ވެސް ފަސްއަހަރު ހޭދަ ކުރައްވަން ފުރުޞަތު ލިބިވަޑައެއް ނުގަންނެވިއެވެ. ދެން ޔާމީންގެ ނައިބަކަށް ގެންނެވި އަދީބު ވެސް ނައިބު ރައީސްކަން ކުރެއްވީ ކުރު މުއްދަތެއްގައެވެ. ދެން ޔާމީންގެ ނައިބަކަށް ގެންނެވި ޢަބްދުﷲ ޖިހާދު ވެސް ނައިބު ރައީސްކަން ކުރެއްވީ ކުރު މުއްދަތެއްގައެވެ.

ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ފަސްއަހަރުގެ ދައުރެއް އަދާ ނުކުރެއްވި ނަމަވެސް އަންނަނީ ދެމުންނެވެ. ނަމަވެސް ނައިބު ރައީސުންގެ އިނާޔަތް ފަސްއަހަރުގެ ދައުރު ހަމަ ނުކުރައްވާނަމަ ނުދޭން ހުށަހަޅާފައިވާއިރު، ފައިސަލަކީ މިހާތަނަށް އާ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ވެރިކަންތަކުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ހަމަ އެކަނި ނައިބު ރައީސެވެ.

ރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

8 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

8 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

20 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

39 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

40 ދުވަސް ކުރިން - 12:12