ސްކޭމް މައްސަލަތައް އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 3 ދުވަސް ކުރިން - 27 ނޮވެންބަރު 2025 11:39
ޝަހީދު ހުސައިން އާދަމް ބިލްޑިން. ސްކޭމް މައްސަލަތައް ފުލުހުންނަށް ރިޕޯޓުކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
ޝަހީދު ހުސައިން އާދަމް ބިލްޑިން. ސްކޭމް މައްސަލަތައް ފުލުހުންނަށް ރިޕޯޓުކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ސްކޭމްގެ މިފަދަ މައްސަލަތަކުގައި 1,051,290.33 ރުފިޔާ ފޭރިގަނެފައިވޭ

އޯޓީޕީ ހޯދައިގެން އެކައުންޓް ކޮންޕްރޮމައިޒް ކޮށްގެން ހިންގާ ސްކޭމްގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި، މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާކަން ތަފާސްހިސާބުތަކުން ފެންނަން ހުރި ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ޖުމުލަ 1,051,290.33 ރުފިޔާ ފޭރިގަނެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ސްކޭމް ކޯލެއް އަތުވެއްޖެނަމަ ފޯނަށް ޖަވާބުނުދީ އެ ނަމްބަރު ބްލޮކް ކުރުމަށާއި، ފޯނަށް އަންނަ އޯޓީޕީ އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ސްކޭމަރުން އަންނަނީ ކުރިން ބޭނުންކުރި ނަމްބަރެއް ކަމަށް ބުނެ ފޯނަށް އޯޓީޕީ ފޮނުވައިގެން އެކައުންޓްތަކަށް އެކްސެސްވަމުން އަންނަކަން ފާހަގަކޮށްފަ އެވެ.

ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯނު ކޯލުތައް، އައިބޭ، އޮންލައިންކޮށް މެސެޖު ކުރެވޭ އެޕްލިކޭޝަންތައް، ފިޝިން ލިންކުތަކުގެ އިތުރުން އަދި ފޭސްބުކް މާކެޓް ޕްލޭސް ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކަ އެވެ.

މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ފުލުހުން ވަނީ އިތުރަށް ބުނެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%