Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޑޮކްޓަރުން ބޭސް ސިޓީގައި ލިޔުއްވާ ސީދާ ބްރޭންޑެޑް ބޭސް ނުލިބުމުގެ ކަންބޮޑުވުން ހައްލުކުރާނަން: ނާޒިމް

ޑޮކްޓަރުން ބޭސް ސިޓީގައި ލިޔުއްވާ ސީދާ ބްރޭންޑެޑް ބޭސް ނުލިބުމުގެ ކަންބޮޑުވުން ހައްލުކުރާނަން: ނާޒިމް

އައިޝަތު ރުވާ ރިފްޢަތު
196 ދުވަސް ކުރިން - 26 ނޮވެންބަރު 2025 14:55
ހެލްތް މިނިސްޓަރު ނާޒިމް މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ---ފޮޓޯ: މަޖިލިސް
ހެލްތް މިނިސްޓަރު ނާޒިމް މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ---ފޮޓޯ: މަޖިލިސް
ޚުލާސާ

މިނިސްޓަރު ވިދާޅުވީ ބައެއް ބްރޭންޑެޑް ބޭސްތައް ނުލިބުނު ނަމަވެސް ޖެނެރިކް ނަމުން ބޭސްތައް ލިބޭ ކަމަށް.

ޑޮކްޓަރުން ބޭސް ސިޓީގައި ލިޔުއްވާ ބައެއް ބްރޭންޑެޑް ބޭސްތައް ނުލިބުމުގެ ޝަކުވާ ލިބޭ ކަމަށާއި ނަމަވެސް ޖެނެރިކް ނަމުން އެ ބޭސްތައް ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހަށް ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ކުރިން އާސަންދައިން ލިބޭ ބޭސްތައް މިހާރު ނުލިބޭކަމަށާއި އެއީ ކީއްވެގެންތޯ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ވަކި ސްޕެސިފިކް ބްރޭންޑެއް ބޭނުންވެގެން އުޅޭއިރު އެ ބްރޭންޑެއް ރާއްޖެއިން ނުލިބިދާނެ ކަމަށާއި، ނަމަވެސް އެ ބޭސް ލިބޭނެ ކަމަށެވެ.

"ބައެއް ހާލަތްތަކުގައި އާދޭ އަޅުގަނޑުމެންނަށް ބައެއް ބޭސްތައް އަދި ހާއްސަކޮށް ބައެއް ހާލަތްތައް ދިމާވަނީ ވަކި ސްޕެސިފިކް ބްރޭންޑެއް ބޭނުންވެގެން އުޅޭއިރު އެ ބްރޭންޑެއް ނުލިބުން. ބޭސްތައް މި ހުންނަނީ ޖެނެރިކް އެންޑް ބްރޭންޑްސް. އެހެންކަމުން ޑޮކްޓަރުން ބައެއް ފަހަރު ވަކި ސްޕެސިފިކް ބްރޭންޑެއް ލިޔުއްވައިފިކަމަށް ވާނަމަ ދިވެހި މުޖުތަމައުގައި އެ ބްރޭންޑެއް ނުލިބުމުގެ ހާލަތްތައް ބައެއް ދަނޑިވަޅުގައި އާދޭ އެހެން ނަމަވެސް މިކަން ހައްލުކުރުމަށްޓަކައި ވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން ކުރެވި އަޅަންޖެހޭ ފިޔަވަޅުތައް އެޅެމުންދާ ވާހަކަ ދަންނަވަން." ނާޒިމް ވިދާޅުވި އެވެ.

Advertisement

Advertisement 1

މިނިސްޓަރު ވިދާޅުވީ މި މައްސަލަ ހައްލުކުރެވި އަރައިގަނެވޭނެ ކަމަށާއި ދިވެހި ރާއްޖޭގައި ގާއިމްކުރަން އޮންނަނީ ބޭހުގެ ބައިގަނޑު ދެ ލިސްޓެއް ކަމަށާއި، އެއީ އެސެންޝަލް މެޑިސިން ލިސްޓާއި އެޕްރޫވްޑް ޑުރަގް ލިސްޓް ކަމަށެވެ. އަދި މި ދެ ލިސްޓުގައި ހުންނަންޖެހޭ ހުރިހާ ބޭހެއް ނިޒާމުގެ ތެރެއިން ކަށަވަރުކުރެވޭނެ ގޮތެއް ގާއިމްކުރުމުގެ މަސައްކަތް އެބަ ކުރެވޭ ކަމަށާއި އެ މަސައްކަތް ނިމުމުން ކަންބޮޑުވުންތަކަށް ހައްލު އަންނާނެ ކަމަށެވެ.

އެސްޓީއޯ މެދުވެރިކޮށް ރަނގަޅު ފެންވަރުގެ ބޭސް ރާއްޖެ އެތެރެކުރުމަކީ މި ސަރުކާރު ވަރަށް އިސްކަންދީގެން ކުރާ ކަމެކެވެ. އާސަންދައިން ބައެއް ބޭސްތައް ނުލިބުމުގެ ޝަކުވާ އަށް ރިޔާއަތްކޮށް ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ބޭހުގެ އަގު އެސްޓީއޯ އިން ދަށްކުރުމުގެ ސަބަބުން ބައެއް އަމިއްލަ ވިޔަފާރިތަކުން ބޭސް ތާށިކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމާއެކު އެސްޓީއޯ އިން އަންނަނީ ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް އެތެރެކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މީގެ ކުރިން އަމިއްލަ ގިނަ ވިޔަފާރިތަކުން ބޭސް ވިއްކަމުން އައީ 1،000 ޕަސެންޓާއި 2،000 ޕަސެންޓުގެ ފައިދާއެއް ލައިގެންނެވެ.

(ކުރީގެ މިނިސްޓަރު) އަބްދުﷲ ނާޒިމްމިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

10 ދުވަސް ކުރިން - 20:58

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

46 ދުވަސް ކުރިން - 00:52

ނާޒުކު ވަގުތުތަކުގައި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި

ނާޒުކު ހާލަތްތަކުގައި ހަގީގަތާހިލާފު ވާހަކަ ނުފަތުރުމަށް އިލްތިމާސްކޮށްފި

47 ދުވަސް ކުރިން - 20:47

މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ 92 މައްސަލައެއް ރިޕޯޓުކޮށްފައިވޭ، އެންމެ ގިނައީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް

މާޗު މަހު ކުޑަކުދިންނާ ގުޅޭ 92 މައްސަލައެއް

50 ދުވަސް ކުރިން - 18:05

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

ހެރިޓޭޖަށް ހީނާ، ހެލްތު އެންޑް ފެމިލީއަށް ގީލާ

57 ދުވަސް ކުރިން - 19:21

ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: މިނިސްޓަރު ނާޒިމް

"ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ އަމާޒެއް"

65 ދުވަސް ކުރިން - 12:56