Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޓެކްސީ ފްލީޓު ގެންނަނީ ޑްރައިވަރުންގެ ވިޔަފާރިތައް އަތުލާކަށް ނޫން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
331 ދުވަސް ކުރިން - 26 ނޮވެންބަރު 2025 13:59
ރައީސް މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް

ޚުލާސާ

ރައީސް ވިދާޅުވީ ސަރުކާރުން ފަށާ ޓެކްސީ ލައިނާއެކު ޑްރައިވަރުންނަށް ލޯނު ނެގުމުގެ ފުރުސަތު ލިބި ހައުސިން ސްކީމުތަކުގައި ވެސް ބައިވެރިވެވޭނެ ކަމަށް.

ޓެކްސޮ ފްލީޓެއް ސަރުކާރުން ފަށަނީ ޑްރައިވަރުންގެ ވިޔަފާރިތަކަށް ވަދެ ގެއްލުން ދޭން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އަންގާރަ ދުވަހުގެރޭ މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކޮށް މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޓެކްސީގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދޭން ކަމަށެވެ. އެކަން ފެށުމަށްޓަކައި 407 ޑްރައިވަރުން ހޯދަން މިހާރު އިއުލާނު ކޮށްފައިވާ ކަމަށާއި ސަރުކާރުން 150 އީ-ކާރު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އީ-ކާރަކީ ތިމާވެއްޓާ ރަށްޓެހި ކާރުތަކެވެ. މި ކާރުތައް އަންނަ ޖެނުއަރީ-ފެބްރުއަރީ މަސްތެރޭ ރާއްޖެ އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޓީސީސީން ފަށާ ޓެކްސީގެ ހިދުމަތަށް ޑްރައިވަރުން ނަގާއިރު އެންމެ އިސްކަމެއް ދެނީ މިހާރުވެސް ޓެކްސީ ކުރާ ޑްރައިވަރުންނަށް ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ އެންމެ ބޮޑު ޝަކުވާ އަކީ އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ކަމުގެ ޝަކުވާ ކަމަށެވެ. އެހެންކަމުން މި ހުޅުވާލި ފުރުސަތުގައި ހަފްތާއިން ނޫނީ މަހުން މަހަށް ލިބެން ޖެހޭ އާމްދަނީ ލިބޭނެ ކަމަށާއި އަދި އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް އެކަށީގެންވާ ފުރުސަތު ލިބި އަބުރުވެރި ދިރިއުޅުމެއްގައި އުޅެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް ޓެކްސީގެ ހިދުމަތް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ހިދުމަތް ފެށުމާއެކު ޑްރައިވަރުންނަށް ބޭންކިން ނިޒާމުގެ ތެރެއިން އެކި ކަހަލަ ލޯނުތައް ހޯދުމަށް މަގުފަހިގެންދާނެ ކަމަށާއި، ސަރުކާރުން ހުޅުވާލާ ހައުސިން ސްކީމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

ޓެކްސީ ހޯދުމުގެ އުނދަގޫ ޝަކުވާ އަކީ އަބަދުވެސް މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ޝަކުވާއެކެވެ. ނަގަންޖެހޭ އަގަށްވުރެ އިތުރަށް ކަސްޓަމަރުން އަތުން ނެގުމާއި، ކުރު ދަތުރުތައް ނުނެގުމާއި ޓެކްސީ ޑްރައިވަރުންގެ އަހުލާގާ ބެހޭ ޝަކުވާއަކީ އަބަދުވެސް އަންނަ ޝަކުވާތަކެވެ. ސަރުކާރުން ފަށާ ޓެކްސީ ހިދުމަތާއެކު ޑްރައިވަރުންގެ ޑިސިޕްލިން އަށް ވަރަށް ބޮޑަށް އިސްކަންދެވޭނެ އެވެ. އަދި ހެދިފައި ހުންނަ އުސޫލުތަކަށް ތަބާވާންޖެހޭނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޓެކްސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

13 ގަޑިއިރު ކުރިން - 15:31

ރާއްޖޭގެ އިގްތިސާދީ ބަދަލުވުމުގެ ބައިވެރިންނަށް ވުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދައުވަތު

1 ދުވަސް ކުރިން - 20:51

ރާއްޖެ-ޕާކިސްތާނު: ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަނީ

1 ދުވަސް ކުރިން - 11:50

ޕާކިސްތާނުގެ ބޮޑުވަޒީރު ބޭއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަންބަލުން ބައިވެރިވެވަޑައިގެންފި

1 ދުވަސް ކުރިން - 10:30

އައިއައިޔޫއައިގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސަށް އަރުވައިފި

2 ދުވަސް ކުރިން - 22:54

ދެއަހަރު ދުވަހުގެ ތެރޭގައި ދެގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަނީ

2 ދުވަސް ކުރިން - 13:42