55 މެމްބަރުންގެ އަޣުލަބިއްޔަތާއެކު މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 4 ދުވަސް ކުރިން - 26 ނޮވެންބަރު 2025 13:35
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

މަޖިލީހުގެ ދައުރު ދަންމާލަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 55 މެންބަރުން، ހަތް މެމްބަރަކު ވަނީ ދައުރު ދަންމާލަން ނުފެންނަ ކަމަށް ވޯޓު ދީފަ

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ދަންމާލުމަށް ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ދަންމާލުމަށް ފާސްކޮށްފައި މިވަނީ މުހިއްމު ބައެއް މަސައްކަތްތަކެއް ނުނިމި ހުރުމުގެ ސަބަބުންނެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައިދެއްވަމުން ވިދާޅުވީ، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމުގެ ސަބަބުން، ދައުރު ދަންމައިލުމަށް މެމްބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް އަހާނެ ކަމަށެވެ.

މަޖިލީހުގެ ދައުރު ދަންމާލުމަށް ފެނޭތޯ ނެގި ވޯޓުގައި 62 މެމްބަރުން ވޯޓު ދީފައިވާއިރު، އޭގެ ތެރެއިން މަޖިލީހުގެ ދައުރު ދަންމާލަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 55 މެންބަރުންނެވެ. ނުފެންނަ ކަމަށް ހަތް މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%