ޣައްޒާ ފެނުއަޑީގައި! މި ފިނިމޫސުމުގައި ރެފިއުޖީން މަރުވުމުގެ ނުރައްކާ ބޮޑު!

ޢަބްދުﷲ ޖުނައިދު | 9 ދުވަސް ކުރިން - 26 ނޮވެންބަރު 2025 12:02
ޣައްޒާގެ ފެން ބޮޑުވެފައިވާ ޓެންޓެއްގެ ތެރޭގައި ފެން ހިންދުމަށް ކުޑަކުއްޖަކު މަސައްކަތް ކުރަނީ / ފޮޓޯ: އޭޕީ
ޣައްޒާގެ ފެން ބޮޑުވެފައިވާ ޓެންޓެއްގެ ތެރޭގައި ފެން ހިންދުމަށް ކުޑަކުއްޖަކު މަސައްކަތް ކުރަނީ / ފޮޓޯ: އޭޕީ
ޚުލާސާ

ޣައްޒާގެ ޓެންޓުތަކުގައި ފެން ބޮޑުވެ، ގަދަ ފިނިން ސަލާމަތް ވާނެ ގޮތެއް ނެތް އިރު، ފިނިމޫސުމުގައި ބޭނުން ކުރާނެ އަންނައުނު ޣައްޒާ އަށް އެތެރެކުރުމަށް ޔަހޫދީން ހުރަސްއަޅާ.

ޣައްޒާ އަށް ބޯކޮށް ވާރޭ ވެހި ޓެންޓުތަކުގައި ފެން ބޮޑުވެ، ގެދޮރު ގެއްލިފައިވާ އެތައް ލައްކަ ފަލަސްޠީނުގެ ރައްޔިތުން މިހާރު ދިރިއުޅެމުން ދަނީ މި ފިނި މޫސުމުގައި ފިނިން ސަލާމަތް ވާނޭ އެއްވެސް ގޮތެއް ނެތި ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

މަސްދަރުތައް ބުނާ ގޮތުގައި މިހާރު ވެސް ބައިލައްކައެއްހާ ޢާއިލާ އަށް ފެންބޮޑުވުމުގެ ސަބަބުން ދިރިއުޅެވޭނެ ގޮތެއް ނެތިފައިވާ ކަމަށާއި، ބައެއް ސަރަޙައްދުތަކުގައި ދެފޫޓަށް ފެން ބޮޑުވެ ޓެންޓްތައް ހަލާކުވެ، ފީލްޑް ހޮސްޕިޓަލްތަކުގެ އޮޕަރޭޝަންތައް ވެސް ވަނީ ހުއްޓިފައެވެ.

މީގެ އިތުރުން ގަދަ ފިންޏާއި ވާރޭގެ ސަބަބުން މިލިއަނަކަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދަނީ ހޫނު ކުރާނެ ވަޞީލަތެއް ވެސް ނެތި ކަމަށާއި، ގިނަ ބައެއްގެ އަތުގައި ވިންޓަރ ހެދުމެއް ނުވަތަ ބްލެންކެޓެއް ވެސް ނެތްއިރު، ނަރުދަމާތައް މުޅީން ތަޣައްޔަރުވެ ކުޑަކުދިން މަރުވުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

ޣައްޒާ އަށް ފިނިމޫސުމުގައި ލާނެ އަންނައުން އެތެރެ ކުރުމަށް ވެސް ނުލަފާ ޔަހޫދީ ޒައެނިސްޓުން ގެންދަނީ ހުރަސް އަޅަމުންނެވެ.

ޣައްޒާ މި ޙާލަތަށް ވައްޓައިލީ އިސްރާއީލާއި އެ މީހުންގެ އެކުވެރިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%