މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމުން ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ދަންމާލުމަށް މިއަދު ވޯޓަށް އަހާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައިދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ހިނގާ ދައުރަކީ މި އަހަރުގެ މަޖިލީހުގެ އެންމެ ފަހު ދައުރެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ދައުރު ނިމޭނީ މި މަހުގެ ނިޔަލަށް ކަމަށާއި، އިސްވެ ދެންނެވި ސަބަބާއި ހުރެ އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ދައުރު ދަންމާލުމަށް ފެންނަ ނުފެންނަ ވޯޓަކަށް އަހާނެ ކަމަށެވެ.






