Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކައުންސިލުން ފާސްނުކޮށް އެއްވެސް ބިމެއް ރައީސް މުޢިއްޒު ދީފައި ނޯންނާނެ: ޑެޕިއުޓީ މޭޔަރު

ކައުންސިލުން ފާސްނުކޮށް އެއްވެސް ބިމެއް ރައީސް މުޢިއްޒު ދީފައި ނޯންނާނެ: ޑެޕިއުޓީ މޭޔަރު

އައިޝަތު ރުވާ ރިފްޢަތު
287 ދުވަސް ކުރިން - 26 ނޮވެންބަރު 2025 11:24
މާލެ ސިޓީ ޑެޕިއުޓީ މޭޔަރު އަރީޝް
މާލެ ސިޓީ ޑެޕިއުޓީ މޭޔަރު އަރީޝް
ޚުލާސާ

ޑެޕިއުޓީ މޭޔަރު އަރީޝް ވިދާޅުވީ އޭރު ކޮންމެ ކަމެއްވެސް ކުރަމުން ދިޔައީ ކައުންސިލަރުންނާއި މަޝްވަރާ ކުރެވި، ކައުންސިލް ފުލޯއިން ފާސް ކުރެވިގެން ކަމަށް.

މާލެ ސިޓީ މޭޔަރު ކަމުގައި ރައީސް ޑރ. މުޙައްމަދު ހުންނެވި ދުވަސްވަރު ކައުންސިލުން ފާސް ނުކޮށް އެއްވެސް ބިމެއް އަދި ޕްރޮޖްކްޓެއް ވެސް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ މާލެ ސީޓީގެ ހަތަރުވަނަ ދައުރުގެ ރައީސް ކަމުގައި ރައީސް މުޢިއްޒު ހުންނެވި އިރު ކޮންމެ ކަމެއްވެސް ކުރަމުން ދިޔައީ ޑޮކިއުމަންޓް ހެދި ކައުންސިލަރުންނާއި މަޝްވަރާ ކުރެވި އަދި ކައުންސިލް ފުލޯ އިން ވެސް ފާސް ކޮށްގެން ކަމަށެވެ.

މިފަދަ ޕޯސްޓެއް ޑެޕިއުޓީ މޭޔަރު ކުރަން ޖެހުނު ސަބަބަކީ މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ފާތިހު ކުރެއްވި އެކްސް އަކާއި ގުޅިގެންނެވެ. ސައިފް ވިދާޅުވީ ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު އިއުލާނު ކުރުމެއް ނެތި މާލެ އާއި ވިލިމާލެއިން އަމިއްލަ ފަރާތްތަކާއި ރާއްޖޭން ބޭރުގެ ބައެއް ފަރާތްތަކަށް ބިންތައް ދޫކޮށްލީ ކައުންސިލުން ފާސް ނުކޮށް ކަމަށެވެ.

Advertisement

Advertisement 1

ނަމަވެސް، ސައިފް ފާތިހު އެ ވިދާޅުވީ ތެދެއް ނޫން ކަން ފާހަގަ ކުރައްވައި ޑެޕިއުޓީ މޭޔަރު އަރީޝް ވިދާޅުވީ ބިންތައް ދޫކޮށްފައިވާ ހުރިހާ ޑޮކިއުމަންޓެއް ކައުންސިލްގައި ހުންނާނެ ކަމަށާއި ހުރިހާ ބިންތަކުގެ އެގްރީމަންޓު ތަކާއި ޔަޥްމިއްޔާ ވެސް ހުންނާނެ ކަމަށެވެ. އަދި މި ފަހުން ނެތޭ ބުނި ބައެއް ޑޮކިއުމަންޓު ކައުންސިލް ތެރެއިން ލީކު ކޮށްލި މަންޒަރު ވެސް ފެނިގެން ގޮސްފައިވާ ކަމަށް ވެސް އަރީޝް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިފަދަ ދޮގު ޚަބަރު ފަތުރާތީވެ، މި މައްސަލަ އާއި ގުޅިގެން ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވެސް ވަނީ ރައްދެއް ދެއްވާފައެވެ. ނަރީޝް ވިދާޅުވީ އިދިކޮޅުން މިފަދަ ވާހަކަތައް ފަތުރަނީ ކުރިޔަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތެއް ނެތުމުންނެވެ. އަދި ހަމަޖެހޭ ވާހަކަތައް ދެއްކުމަށް ވެސް ނަރީޝް ވިދާޅުވިއެވެ.

“ރައީސް މުއިއްޒު މާލެސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ކައުންސިލާއި މަޝްވަރާ ނުކޮށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ އަދި މާލެ/ވިލިމާލޭ އެއްވެސް ބިމެއް ކައުންސިލުން ފާސް ނުކޮށް އުސޫލުން ބޭރުން ދޫކޮށްފައި ނުވާނެ! ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ވާނޭ ހަމަ އެއްވެސް ގޮތެއް ނެތީމާ ނިކުމެ ކޮސް ގޮވަން ފެއްޓީމައި ކަމަކު ނުދާނެ! ނިކަން ހަމަޖެހޭ ވާހަކަ ދައްކަމާ ހިނގާ!!” އަރީޝް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

4 ގަޑިއިރު ކުރިން - 15:57

ސިޓީ ކައުންސިލް އިހުމާލުވެއްޖެ، ވެހިކަލް ފީ އެމީހުންގެ އަތަކަށް ދެން ނުލިބޭނެ

ސިޓީ ކައުންސިލް އިހުމާލުވެއްޖެ، ވެހިކަލް ފީ އެމީހުންގެ އަތަކަށް ދެން ނުލިބޭނެ

4 ގަޑިއިރު ކުރިން - 15:32

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33