Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބިން ހިއްކުން ތިން ގުނަ އަވަސްކުރުމުގެ ގޮތުން އިތުރު ޑްރެޖަރެއް މިއަދު ރާއްޖެ އަތުވެއްޖެ

ބިން ހިއްކުން ތިން ގުނަ އަވަސްކުރުމުގެ ގޮތުން އިތުރު ޑްރެޖަރެއް މިއަދު ރާއްޖެ އަތުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
232 ދުވަސް ކުރިން - 25 ނޮވެންބަރު 2025 19:10
މިއަދު ރާއްޖެ ގެނެވުނު ޓީއެސްއެޗްޑީ ޕްރިންސް އޮފް ދަ ނެދަލެންޑްސް.
މިއަދު ރާއްޖެ ގެނެވުނު ޓީއެސްއެޗްޑީ ޕްރިންސް އޮފް ދަ ނެދަލެންޑްސް.
ޚުލާސާ

މިއަދު މި ބަނދަރު ކުރި ޑްރެޖަރުން ފުރަތަމަ ހިއްކަން ފަށާނީ ހުޅުމާލެ ފޭސް 3 ގައި ހިއްކަމުންދާ ސަރަހައްދު.

ރާއްޖޭގައި ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ނެދަލެންޑްސްގެ "ޓީއެސްއެޗްޑީ ޕްރިންސް އޮފް ދަ ނެދަލެންޑްސް" މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ފޮޓޯ ހިއްސާކުރައްވާ ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޑްރެޖަރު މިއަދު ރާއްޖެ އައިސްފައިވާ ކަމަށާއި މި ޑްރެޖަރު އެންމެ ފުރަތަމަ މަސައްކަތް ފަށާނީ މިހާރު އޮތް ޑްރެޖަރު ކަމަށްވާ "ޓީއެސްއެޗްޑީ އޮރާންޖީ" އާއެކު ހުޅުމާލެ ފޭސް 3 ހިއްކުން ކަމަށެވެ. ރައީސް ވިދާޅުވީ އީއޭއައިއީ އާއި އަދި ފުރިހަމަ ކުރަންޖެހޭ އެހެން ކަންކަން ނިމުމުން ގިރާވަރު ފަޅުގެ ބަންޑް ވޯލްތައް ޖެހުމުގެ މަސައްކަތް ވެސް މި ޑްރެޖަރުން ކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުން ހުޅުމާލެ ފޭސް 3 ގެ ބައި ހިއްކައި ނިމުމުން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ މި ފެށޭ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ފޭސް 3 ހިއްކައި ނިމޭނެ ކަމަށާއި އެއަށްފަހު ދެތިން މަސްތެރޭ ގިރާވަރު ފަޅުވެސް ހިއްކައި ނިމޭނެ ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއް ތެރޭގައި 7،000 އަށްވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް ފެށޭނެ ކަމަށާއި، ކުރިއަށް އޮތް ފަސް މަސްތެރޭ ރަސްމާލެ އިން 15،000 ގޯއްޗަށް އެދި ހުށަހެޅުމަށް އިއުލާން ކުރައްވާނެ ކަމަށެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ މަހު ރަސްމާލެ ހިއްކުމުގެ ދުވެލި ތިން ގުނަ ބާރުވާނެ ކަމަށާއި އެގޮތުން އެ ފަޅު ހިއްކުމަށްޓަކައި އިތުރު ޑްރެޖަރުތަކެއް އަންނަ މަހު ރާއްޖެ ބަނދަރު ކުރާނެ ކަމަށެވެ. ރައީސް ވިދާޅުވީ މި ޑްރެޖަރުތައް ގެނައުމަށްޓަކައި އެގްރީމަންޓުތައް ހަދައި ފައިސާ ވެސް ދައްކާފައިވާ ކަމަށެވެ.

މެދުކެނޑުމަކަށްފަހު ހުޅުމާލެ ފޭސް 3 ގައި ހިއްކަމުންދާ ބައި އަލުން ފަށާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގަ އެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ގޯތިތައް ދީފައި ހުރީ ކަނޑުން ކަމަށާއި ގޯތިތައް ދެވޭނީ ބިން ހިއްކައިގެން ކަމަށެވެ. ފޭސް 3 ހިއްކަނީ ގޯތިތައް ދިނުމަށެވެ. ގިރާވަރު ފަޅުގެ ބާކީ އޮތް ބައި ހިއްކުމަށްޓަކައި ބަޔަކާއެކު އެގްރީމަންޓު ހަދާފައިވަނީ ވެސް ނޮވެމްބަރު މަހު 10 ވަނަ ދުވަހުގަ އެވެ. 160 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ ފަންޑް މެނޭޖްމަންޓް ކޯޕަރެޝަނާ އެވެ. އަދި ފޭސް 3 ގެ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އެޗްޑީސީ އިންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހުޅުމާލެރަސްމާލެ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

18 ގަޑިއިރު ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

2 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

2 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

2 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

2 ދުވަސް ކުރިން - 13:22