Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަތޮޅު ކައުންސިލްތައް އުވާލަން މަޖިލީހުން ފާސްކޮށްފި

އަތޮޅު ކައުންސިލްތައް އުވާލަން މަޖިލީހުން ފާސްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
285 ދުވަސް ކުރިން - 25 ނޮވެންބަރު 2025 14:42
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

އަތޮޅު ކައުންސިލްތައް އުވާލަން ފެންނަ ކަމަށް 75 މެމްބަރުން ވޯޓު ދީފައިވާއިރު މިކަމާ ދެކޮޅަށް ވޯޓު ދީފައިވަނީ 12 މެމްބަރުން

މާބޮޑު މަސައްކަތްތަކެއް ނުކޮށް ބޭކާރު ގޮތެއްގައި ދައުލަތުގެ ފައިސާ ޚަރަދުކުރުން ހުއްޓުވުމަށްޓަކައި އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ފާސްކުރުމާމެދު މެމްބަރުންގެ މެދުގައި ވޯޓު ނަގާފައިވާއިރު، އަތޮޅު ކައުންސިލްތައް އުވާލަން ފެންނަ ކަމަށް 75 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. އަތޮޅު ކައުންސިލްތައް އުވާލަން ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ އެންމެ 12 މެމްބަރުންނެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

Advertisement

Advertisement 1

އެހެން ކަމުން މި ގާނޫނު އިސްލާހުވެއްޖެނަމަ ދެން ކުރިއަށް އަންނަން އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަމައެކަނި އިންތިހާބު ކުރެވޭނީ ސިޓީ ކައުންސިލަރުންނާއި ރަށު ކައުންސިލަރުން އެކަންޏެވެ. މީގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށްވެސް "އަތޮޅު ކައުންސިލް"، މި ލަފުޒު އުނިކުރުމަށާއި، މުޅި އަތޮޅު ކައުންސިލުގެ ބާބު އުނިކުރުމަށް ހުށަހަޅާފައިވެ އެވެ.

މި އިސްލާހުގައިވާ ގޮތުން، ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލުތަކަށް ރިޕޯޓު ކުރުމުގެ ބަދަލުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ރިޕޯޓުކުރަން ޖެހޭ ގޮތް ހެދުމަށާއި، 2،000 މީހުންނަށްވުރެ އާބާދީ މަދު ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ފަހަކުން ތިނަކަށް މަދުކުރުން ވެސް ހިމެނެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު، ކޮމިޓީންވެސް ފާސްކޮށްފައި ވަނީ އަތޮޅު ކައުންސިލްތައް އުވާލަން ފެންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

10 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

10 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

11 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

11 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

11 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

13 ދުވަސް ކުރިން - 07:43