Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އައިއެމްސީޓީސީން ރާއްޖޭގައި އަސްކަރީ ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
332 ދުވަސް ކުރިން - 25 ނޮވެންބަރު 2025 14:18
އައިއެމްސީޓީސީން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
އައިއެމްސީޓީސީން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
ޚުލާސާ

މި އެއްބަސްވުމުގެ ދަށުން ހާއްސަކޮށް ކަނޑަށް އަޅާ މައިން ފަދަ ތަކެއްޗާއިދެކޮޅަށް ރާއްޖޭގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރާނެ

ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށް, ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާއާއިއެކު ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މާލޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިއެމްސީޓީސީން ރާއްޖޭގައި އިފުތިތާހު ކޮށްފައިވަނީ އެ ކޯލިޝަނުގެ މިލިޓަރީ ޑޮމެއިންގެ ދެ ސްޓެރީޖިކް އިނީޝިއޭޓިވް ކަމަށްވާ "ކޮމްޕިޓެންސް" ނުވަތަ ގާބިލުކަން އަދި ސައިބާގެ ހަރަކާތްތަކެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ އާއި ސިވިލް އަދި އަސްކަރީ އިސްވެރިންނާއި ޑިޕްލޮމެޓުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

"ކޮމްޕިޓެންސް" އިނީޝިއޭޓިވްގެ މަގުސަދަކީ, އަސްކަރީ ދާއިރާއިން, ހާއްސަކޮށް ނޭވަލް މައިންއާ ދެކޮޅަށް ރާއްޖޭގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމެވެ. އެގޮތުން ނޭވަލް މައިންތަކާ ގުޅޭ މައުލޫމާތާއި އެ ތަކެތީގެ މެކޭނިޒަމްތަކާއި ރައްކާތެރިކަމާއެކު މައިން ނައްތާލުމުގެ އުކުޅުތައް އަދި އެންމެ ޒަމާނީ ސާމާނާއި އެޑްވާންސްޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން މައިން ހޯދައި ނައްތާލުން އަދި ކަނޑުއަޑީގެ އޮޕަރޭޝަންތަކުގައި ދޭ ފިލްޑް ތަމްރީނުތައް ހިމެނޭ ގޮތަށް ތިއަރީ އަދި އަމަލީ ތަޖުރިބާތައް ލިބޭ ހާއްސަ ކޯސްތަކެއް ހިންގާނެ އެވެ.

Advertisement

Advertisement 1

ސައިބާ އިނީޝިއޭޓިވްގެ މަގުސަދަކީ ރާއްޖޭގައި ސައިބާ ނިޒާމުތައް އިތުރަށް ވަރުގަދަކުރުމެވެ. އެގޮތުން މި އިނީޝިއޭޓިވްގެ ދަށުން ޑިޖިޓަލް ރައްކާތެރިކަން, ނުރައްކާތައް ދެނެގަތުން, ސައިބާ ހަމަލާތަކަށް ރައްދުދިނުމުގައި ބޭނުންކުރާ އުކުޅުތައް އަދި ގައުމީ އިންފްރާންސްޓްރަކްޗާގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ފަދަ ކަންކަން ހިމެނޭ ހާއްސަ ޕްރޮގްރާމްތައްވެސް ހިންގާނެ އެވެ.

އައިއެމްސީޓީސީ އާއި ހޯމް މިނިސްޓްރީއާއިއެކު އިއްޔެ ސޮއިކުރި ޖޮއިންޓް އެއްބަސްވުމަކީ އަސްކަރީ އަދި ޓެކްނިކަލް ތަމްރީނުތަކާއި ތަޖުރިބާ ބަދަލުކުރުމާއި ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު އަދި އައިއެމްސީޓީސީގެ ދިފާއީ ވަޒީރުންގެ މަޖިލީހުގެ ޗެއާމަން, ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު ދެއްވާ އެހީތެރިކަމާއި ސަމާލުކަން ފާހަގަކުރައްވައިފަ އެވެ. އަދި އެ މަނިކުފާނުގެ އިރުޝާދާއި އަމާޒަކީ އައިއެމްސީޓީސީގެ ހިންގުމާއި މެމްބަރު ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމާއި ބަދަލުވަމުންދާ ޓެރަރިސްޓް ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މައިގަނޑު އެއް ތަނބު ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖެއާއިއެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕަށް ތައުރީފުކުރައްވައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ, މި ދެ އިނީޝިއޭޓިވް އާއިއެކު މެންބަރު ގައުމުތަކުގެ ގާބިލުކަން ބިނާކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ. އަދި މި ޒަމާނުގެ ސަލާމަތީ މާހައުލަށް ބޭނުންވަނީ ކުރިއަރާފައިވާ އޮޕަރޭޝަނަލް ތައްޔާރީތަކުގެ އިތުރުން ގައުމީ ސަލާމަތް ރައްކާތެރިކުރެވޭނެ ގޮތަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާ ވަރުގަދަ ސައިބާ ނިޒާމުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް އިތުރަށް ވިދާޅުވީ, މިއަދު ސޮއިކުރި އެއްބަސްވުމުން ހާމަކޮށްދެނީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖެ އާއި އައިއެމްސީޓީސީއާ ދެމެދު އޮތް ވަރުގަދަ ގުޅުން ކަމަށެވެ. އަދި ޓެރަރިޒަމަކީ ބޯޑަރުތައް ނުދަންނަ, އިންސާނުންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ސަލާމަތާއި މުޖުތަމައުތަކުގެ ހަމަޖެހުން ނުރައްކާ ކުރާ ކަމެއް ކަމަށާއި އެކަމާ ދެކޮޅަށް އެންމެ އެކަށީގެންވާ ގޮތެއްގައި އަދި އެންމެ ވަރުގަދައަށް މަސައްކަތް ކުރެވޭނީ މެންބަރު ގައުމުތަކުގެ އެއްބާރުލުމާއި އެކުވެރިކަން އޮވެގެން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އައިއެމްސީޓީސީގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. މީގެ އިތުރުން އިފުތިތާހު ކުރެވުނު ދެ އިނީޝިއޭޓިވްސް އަކީ ދިފާއީ އަދި ޑިޖިޓަލް ގާބިލުކަން ތަރައްގީކޮށް ރާއްޖޭގެ ސަލާމަތާއި ހަމަޖެހުން ރައްކާތެރިކުރުމުގެ ކުޅަދާނަކަން ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ މުހިންމު ވަސީލަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އިފުތިތާހު ކުރި ފަދަ ސްޓްރެޓީޖިކް އިނީޝިއޭޓިވްތަކަކީ މަތީ ފަންތީގެ ކުރިއަރާފައިވާ ޕްރޮގްރާމްތައް މެދުވެރިކޮށް މެންބަރު ގައުމުތަކުގެ އަސްކަރިއްޔާ ތައްޔާރުކޮށް, ސައިބާ ސެކިއުރިޓީ އަދި ބަދަލުވަމުންދާ ނުރައްކާތަކާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީމިނިސްޓަރު އަލީ އިހުސާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"ވަރަ އެކްސްޕޯ 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

"ވަރަ އެކްސްޕޯ 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

5 ދުވަސް ކުރިން - 23:28

ޒިންމާދާރުވާން ޔާމީނަށް ވަޒީރު އިހްސާން ގޮވާލައިފި

ޒިންމާދާރުވާން ޔާމީނަށް ވަޒީރު އިހްސާން ގޮވާލައިފި

11 ދުވަސް ކުރިން - 15:42

ގްރޭޓަރ މާލޭގެ މަގުމަތީގެ އަމާންކަން ބެލެހެއްޓުމުގެ އޮޕަރޭޝަން މިނިސްޓަރ އިހްސާން ބައްލަވާލައްވައިފި

ގްރޭޓަރ މާލޭގެ މަގުމަތީގެ އަމާންކަން ބެލެހެއްޓުމުގެ އޮޕަރޭޝަން މިނިސްޓަރ އިހްސާން ބައްލަވާލައްވައިފި

11 ދުވަސް ކުރިން - 13:35

ޕެރޯލް ބޯޑުގެ ހަ މެންބަރަކު ވަކިކޮށް، އަބުޗާ އަނބުރާ ޖަލަށް ގެންގޮސްފި

ޕެރޯލް ބޯޑުގެ ހަ މެންބަރަކު ވަކިކޮށް، އަބުޗާ އަނބުރާ ޖަލަށް ގެންގޮސްފި

17 ދުވަސް ކުރިން - 20:12

އަވަސް ހިދުމަތް ދިނުމަށް 'ވައިޓްލިސްޓެޑް އެމްޕްލޯޔާސް ޕްރޮގްރާމް' ތައާރަފްކުރަނީ

އަވަސް ހިދުމަތް ދިނުމަށް 'ވައިޓްލިސްޓެޑް އެމްޕްލޯޔާސް ޕްރޮގްރާމް' ތައާރަފްކުރަނީ

32 ދުވަސް ކުރިން - 15:02

ރާބާލައިގެން ވިޔަފާރިކުރާ ފަރާތްތަކުގެ ޕަރމިޓް ކެންސަލްކޮށް، 16،852 ރާފުޅި އަތުލައިގަނެފި

ރާބާލައިގެން ވިޔަފާރިކުރާ ފަރާތްތަކުގެ ޕަރމިޓް ކެންސަލްކޮށް، 16،852 ރާފުޅި އަތުލައިގަނެފި

34 ދުވަސް ކުރިން - 13:40