ނޭޓޯ އާއި ދެކޮޅަށް އީރާނާއި ރަޝިޔާ އެއްވެދާނެތީވެ އެމެރިކާއާއި އިސްރާއީލު ތުރުތުރު އަޅަނީ

ޢަބްދުﷲ ޖުނައިދު | 5 ދުވަސް ކުރިން - 25 ނޮވެންބަރު 2025 14:28
އިސްރާއީލު ސިފައިންތަކެއް - ނޭޓޯ އާއި ދެކޮޅަށް ނުކުތުމަށް ރަޝިޔާއާއި އީރާނު ގުޅިއްޖެ ނަމަ އިސްރާއީލު ވަރަށް ބޮޑަށް ނިކަމެތިވެދާނެ
އިސްރާއީލު ސިފައިންތަކެއް - ނޭޓޯ އާއި ދެކޮޅަށް ނުކުތުމަށް ރަޝިޔާއާއި އީރާނު ގުޅިއްޖެ ނަމަ އިސްރާއީލު ވަރަށް ބޮޑަށް ނިކަމެތިވެދާނެ
ޚުލާސާ

ނޭޓޯ އާއި ދެކޮޅަށް ތެދުވުމަށް ރަޝިއާ އާއި ގުޅެން އީރާނުން އެއްބަސްވެއްޖެ ނަމަ މެދުއިރުމަތީގައި އެމެރިކާގެ ބާރު ކެނޑި އިސްރާއީލު ވުޖޫދުންވެސް ފޮހެލާނެ ކަމުގެ ބިރު އެބައޮތް

މިއަދު މުޅި ޔޫރަޕާއި އެމެރިކާއިން ވެސް އެންމެ ބޮޑަށް ޖެހިލުންވާ މެދުއިރުމަތީގެ ބާރަކީ އީރާނެވެ. މި ޙަޤީޤަތް މިހެން އޮއްވައި އިއްޔެ ރަޝިޔާއިން އީރާނާއި އެކު ބައިޢަތު ހިފައި ނޭޓޯ އާއި ދެކޮޅަށް (ނުވަތަ ނޭޓޯއަށް ދުއްޕާނުކުރުމަށް) ނުކުތުމަށް ގޮވައިލުމާއި އެކު އެމެރިކާގެ އިސް ޑިޕްލޮމެޓުން އިސްރާއީލާއި އެކު މަޝްވަރާތައް ބާއްވަން ފަށައިފިއެވެ.

https://shorturl.at/FpFDM

އެމެރިކާ އާއި އިސްރާއީލަކީ މެދުއިރުމަތީގައި ގުޅިގެން ހަނގުރާމަކުރާ ދެޤައުމު ކަމަށް ވާއިރު، އީރާނުން ހަނގުރާމަ ތަކުގައި ރަޝިއާ އާއި އެކު ބައިޢަތު ހިފައިފި ނަމަ އެއީ އިސްރާއީލަށާއި އެމެރިކާ އަށް މެދުއިރުމަތީގައި ކުރާ ހަނގުރާމަ ތަކުގެ އިތުރުން ރަޝިޔާ ސަރަޙައްދުގައި ނޭޓޯ އިން ހިންގަމުންދާ ހަމަނުޖެހުން ތަކުގައި ނޭޓޯ އަށް ވެސް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ޚުދު އެމެރިކާ އާއި ނޭޓޯ އާއި އިސްރާއީލުން ޤަބޫލު ކުރެއެވެ.

ނޭޓޯގެ ޢާންމު ބައްދަލުވުމުގައި އިސްރާއީލުން ބައިވެރިވަނީ (ފައިލް ފޮޓޯ)

އިސްރާއީލަކީ ނޭޓޯގެ މެމްބަރެއް ނޫން ނަމަވެސް، ނޭޓޯ އާއި އެކު ވަރަށް ގާތް ގުޅުމެއް އޮވެއެވެ. ޚާއްޞަކޮށް ޖާސޫސީ މަޢުލޫމާތު ހިއްސާކުރުމާއި، ހަތިޔާރުގެ ޓެކްނޮލޮޖީ އާއި، އަދި އަސްކަރީ ތަމްރީނުތައް ފަދަ މުހިންމު ދާއިރާތަކުގައި އިސްރާއީލަކީ ނޭޓޯ އަށް އެހީތެރިވާ ޤައުމެކެވެ. ނޭޓޯއިން ގެންގުޅޭ އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމް ފަދަ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ ފޯރުކޮށްދިނީ ވެސް އިސްރާއީލުންނެވެ. ނަމަވެސް އިސްރާއީލުގެ މި ޓެކްނޮލޮޖީ އަކީ އީރާނުގެ ކުރިމަތީގައި ފެއިލް ވެފައިވާ އެއްޗެއްކަން މި ފަހުން ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުން ވަނީ މުޅި ދުނިޔެއަށް ސާބިތު ކޮށްދީފައެވެ.

މި ޙަޤީޤަތް މިހެން އޮތް އިރު، ރަޝިޔާ ފަދަ ނިއުކްލިއާ ގޮތުން އެންމެ ކުރީ ސަފުގައި އޮތް ބޮޑު ބާރާއި އީރާނުން ގުޅިއްޖެ ނަމަ އިސްރާއީލަށް އެމެރިކާ އިން ބޭނުންވާ މެދުއިރުމަތީގެ ކޮންޓްރޯލެއް ނުލިބޭނެއެވެ. އިސްރާއީލަށް ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހޭނެއެވެ. ސަބަބަކީ ބެލިސްޓިކް މިސައިލްތަކާއި ޑްރޯން ޓެކްނޮލޮޖީގެ ވަރަށް ބޮޑު ޤާބިލް ކަމެއް އީރާނަށް ލިބޭނެތީއެވެ. ނަތީޖާ އަކަށް ވެގެން ދާނީ ލުބުނާނުގެ ހިޒްބުالله އާއި ޣައްޒާގެ ޙަމާސް ފަދަ އިސްރާއީލާއި އިދިކޮޅު ޖަމާޢަތްތަކަށް އީރާނުން މި ހަތިޔާރުތައް ފޯރުކޮށްދީ، އިސްރާއީލަށް ލުބުނާނާއި އަދި އަވަށްޓެރި އެހެން ސަރަޙައްދުތަކުން އީރާނުގެ ޙަމަލާތައް އައުމެވެ. އޭގެތެރޭގައި ސީރިއާ ވެސް ހިމެނެއެވެ. ސީރިއާގެ ރައީސް ޖޯލާނީ އަކަށް އެމެރިކާ ވެސް އަދި އީރާނާއި ނޭޓޯ އަކުން ވެސް އިތުބާރެއް ނުކުރެއެވެ. (ސީރިއާގެ ރައީސަށް އެމެރިކާ އާއި ހުޅަނގުން އިތުބާރު ނުކުރާ ވާހަކަ އެހެން ލިޔުމެއްގައި އިރާދަކުރެއްވިއްޔާ ތަންކޮޅެއް ތަފްޞީލް ކޮށް ގެނެސްދޭނަމެވެ).

ރަޝިޔާގެ ރައީސް ވްލަޑްމީރް ޕޫޓިން ހިންގަވާފައި އީރާނުގެ ދިދައާއި އަރައި ހަމަކުރަނީ: މޮސްކޯ އިން ވަނީ ނޭޓޯ އާއި ދެކޮޅު ބްލޮކެއް އީރާނާއި ގުޅިގެން އުފައްދަން ޚިޔާލު ކޮށްފ.ަ މިއީ ނޭޓޯ އާއި އެމެރިކާ އަދި އިސްރާއީލް ވަރަށް ބޮޑަށް ކަންބޮޑުވާނެ ކަމެއް.

ކޮންމެޔަކަސް، އީރާނާއި ރަޝިޔާއިން ނޭޓޯ އާއި ދެކޮޅު ބްލޮކެއް ހަދައިފި ނަމަ މި އިއްތިހާދުގެ ސަބަބުން އީރާނުގެ ނިއުކްލިއާ ހަކަތަ އަށް ވެސް ލިބޭނީ އާދަޔާއި ޚިލާފު ހިއްވަރެކެވެ. މިއީ އިސްރާއީލު ވުޖޫދުން ވެސް ފޮހެވިގެން ހިނގައިދާނެ ކަމެއް ކަމަށް ޒައެނިސްޓުން ދެކެއެވެ. އެ ބިރުވެރިކަން އެމީހުންގެ ތެރޭގައި އޮތް އިރު، މެދުއިރުމަތީގައި ހުޅަނގާއި ދެކޮޅު އާ އަސްކަރީ ބްލޮކެއް އުފެދުނީ ކަމަށް އެމެރިކާ އިން ޤަބޫލު ކުރާނެއެވެ. މުޅި ސަރަޙައްދުގައި އެމެރިކާއިން “ކުރަހައި” ޤާއިމް ކޮށްފައިވާ އަސްކަރީ “ޗާޓު” ދެމިއޮތުމަށް ވެސް އުނދަގޫވެދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%