ނޭޓޯގެ ނުފޫޒު ބޮޑުވަމުން އަންނާތީވެ، އެ މީހުން ދީފާނެ ޙަމަލާ އަކަށް ވަތުގަދަ ރައްދެއް ދިނުމަށްޓަކައި އީރާނާއި ގުޅިގެން “ގުރޫޕެއް” އެކުލަވާލުމަށް މޮސްކޯއިން ހުށަހަޅާފައިވާ ކަމަށް ރަޝިޔާގައި ހުންނަވާ އީރާނުގެ ސަފީރު ހާމަކުރައްވައިފިއެވެ. އީރާނުގެ ސަފީރު ވިދާޅުވީ މިހާރު އޮތީ މަޝްވަރާ ކަމަށާއި ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާ ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހު އީރާނާއި ރަޝިޔާއާ ދެމެދު 20 އަހަރުގެ “ސްޓްރެޓެޖިކް”އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައިވާއިރު، ނޭޓޯ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ރަޝިއާ އަށް އީރާނުން އެއްބާރުލުން ދޭނެއެވެ. މިއީ އީރާނަށް ވެސް ސަލާމަތީ ގޮތުން ލިބޭ ބާރަކަށް ވާނެްެވެ.
އެހެންކަމުން، މި އެއްބަސްވުން ފައިނަލް ކުރެވިއްޖެ ނަމަ ނޭޓޯ އާއި ދެކޮޅަށް ދެން ނުކުންނާނީ ރަޝިޔާ-އީރާން “ޖަމާޢަތް ކަމަށް ބެލެވެއެވެ.






