Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޮނޑި ގެއްލޭ މައްސަލަ: ސަރުކާރުގެ މުހިއްމު ހުށަހެޅުމެއް ކޮމިޓީން އުނިކޮށްފި

ގޮނޑި ގެއްލޭ މައްސަލަ: ސަރުކާރުގެ މުހިއްމު ހުށަހެޅުމެއް ކޮމިޓީން އުނިކޮށްފި

ހުސައިން އިސްމާއިލް
286 ދުވަސް ކުރިން - 24 ނޮވެންބަރު 2025 16:41
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ޚުލާސާ

މަޖިލީހުގެ ގޮނޑި ގެއްލޭ މާއްދާ ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ މުހިއްމު މާއްދާއެއް ކޮމިޓީން އުނިކޮށްފި

ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އޮތް ގާނޫނުއަސާސީގެ މާއްދާ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުން އެ މާއްދާ އުނިކޮށް، މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މި ބިލު ހުށަހެޅުމުގެ ސަބަބުން ގާނޫނުއަސާސީގެ މާއްދާއަކަށް ސަރުކާރުން ގެންނަން އުޅުނު ބަދަލެއް، މަޖިލީހުގެ ކޮމިޓީއިން ވަނީ ބަދަލުކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ފަހަތަަށް އަކުރެއް އިތުރު ކުރުމަށެވެ. މިއީ މަޖިލީހުގެ މެންބަރުން މަގާމުން ވަކިވުމުގެ އިޖުރާއަތްތައް ބަޔާންކުރާ މާއްދާ އެވެ.

މި ބިލުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވާ ކަމަކީ، ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރެއްގެ ގޮނޑި ގެއްލޭނީ އޭނާ މަގާމުން ވަކިކުރަން ނަގާ ރިފަރެންޑަމް ވޯޓެއްގައި ރައްޔިތުން އެގޮތަށް ނިންމައިފި ނަމަ ކަމަށެވެ. އަދި ރައްޔިތުންގެ އަޣުލަބިއްޔަތު އެކަމަށް ނުލިބިއްޖެ ހާލަތެއްގައި، އެ މެންބަރު ދެމިހުންނާނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށާއި، ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީ އަކަށް ބަދަލުވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައި އޮތެވެ.

Advertisement

Advertisement 1

މި މާއްދާ ބިލުން އުނިކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީގައި ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު އެވެ. އެ ހުށަހެޅުމަށް ތާޢީދު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. ކޮމިޓީގައި ނެގި ވޯޓުގައި 50 މެންބަރުންގެ ތާއީދާއެކު މި ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ. ބިލާއި ދެކޮޅަށް އަށް މެންބަރުން ވޯޓު ދެއްވިއިރު ދެ މެންބަރަކު ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތިއްބެވިއެވެ.

މި ބިލުގެ ކޮމިޓީ މަރުޙަލާގައި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް އަދި އެ ޕާޓީގެ އެހެން ބައެއް މެންބަރުން ބިލުގައި ހުރި ރިފަރެންޑަމް ވޯޓުގެ މާއްދާއަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި މިއަދު އިޞްލާޙް ހުށަހަޅައި ތާއީދު ކުރެއްވި މެންބަރުން ހިމެނެއެވެ. ނަމަވެސް، އެ ބިލަށް ތާއީދުކޮށް ވާހަކަދެއްކެވި މެންބަރުންގެ ތެރޭގައި ބިލު ހުށަހެޅުއްވި ޝުޖާއު އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނެއެވެ.

ނޮވެމްބަރު 20, 2024 ގައި ޤާނޫނުއަސާސީ އަށް ގެނައި ބަދަލާއި އެކު މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. ސަރުކާރުން ހުށަހެޅި މި ބިލުގެ މައިގަނޑު މާއްދާ އުނިކުރުމުން، އެ އުޞޫލު ދެމި އޮންނާނެ އެވެ.

މި ބިލުގެ ބާކީ މާއްދާތައް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތުން ބިލު ފާސްކުރަން 50 މެންބަރުން ވޯޓު ދެއްވިއިރު، މެންބަރުންގެ ގޮނޑި އާއި މެދު ފަހު ބަސް ބުނުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް، ކުރިން ސަރުކާރުން ހުށަހެޅި ގޮތަށް، ވޯޓު ދިނީ އެންމެ 10 މެންބަރުންނެވެ. މީގެ އިތުރުން މި ބިލުގައި އަތޮޅު ކައުންސިލް އުވާލުމުގެ މާއްދާތަކެއް ވެސް ހިމަނާފައި އޮތް ނަމަވެސް، އެ މާއްދާތައް އުނިނުކޮށް ބިލުގެ ނަންބަރުތައް ތަރުތީބު ކޮށްފައި ވާކަން ފާހަގަ ކުރެވެއެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

10 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

10 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

11 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

11 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

11 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

13 ދުވަސް ކުރިން - 07:43