Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފެނަކަ ކޮރަޕްޝަން: ނަޖާޙްގެ ހަރުކަށި ޙައްލެއް!

ފެނަކަ ކޮރަޕްޝަން: ނަޖާޙްގެ ހަރުކަށި ޙައްލެއް!

އައިޝަތު ރުވާ ރިފްޢަތު
280 ދުވަސް ކުރިން - 24 ނޮވެންބަރު 2025 16:25
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާޙް
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާޙް
ޚުލާސާ

އަންނަ ޖެހުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފެނަކައިގެ ޕްރޮކިއުމެންޓުގެ ކަންކަމަށް އިންގިލާބީ ބަދަލެއް އާދޭ. ސަރުކާރުގެ އަމާޒަކީ މޫލާފައިވާ ކޮރަޕްޝަން ހުއްޓުވުން.



ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ބައްދަލުކުރުން (24 ނޮވެމްބަރ 2025)

ފެށުނީއްސުރެ މި ސަރުކާރު އައުމާއި ހަމަޔަށް ވެސް ކޮރަޕްޝަނުގެ ތެރޭގައި “ޣަރަޤު”ވެފައިވާ ފެނަކަ ކޯޕަރޭޝަންގެ މާލީ ކަންކަން ހަރުދަނާކޮށް، ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި، އަންނަ ޖަނަވަރީ މަހުން ފެށިގެން އައު ޕްރޮކިއުމަންޓު ޕޮލިސީ އަކަށް. އަމަލު ކުރާނެ ކަމަށާއި، އެއާއި އެކު ކޮރަޕްޝަނުގެ “ލޯވަޅުތައް” ބެދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އެންވަރމަންޓު އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން ނަޖާހް ވިދާޅުވީ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ފެނަކައިގެ އެތެރޭގެ އޮނިގަނޑާއި މާލީ ކަންކަން ހުރީ ބޮއްސުންލާފައެވެ

Advertisement

Advertisement 1

ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ބައްދަލުކުރުން (24 ނޮވެމްބަރ 2025)

ސަރުކާރަށް ބަރޯސާ ނުވެ ފެނަކަ ކުންފުނި ހިންގޭނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައިވާ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ފާހަގަ ކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ފެނަކައިގައި ވަނީ ހިންގާފައެވެ. އެކަންކަން ރަނގަޅުކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ވެސް ނަޖާޙް ވިދާޅުވިއެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ހަވާލުވިއިރު، އެކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީސީބީ) ގެ އުޞޫލުތަކާއި ފުށޫއަރާ ވަރަށް ގިނަ ކަންކަން ހުރިކަން ނަޖާޙް ހާމަކުރެއްވިއެވެ. މިކަން ހައްލުކުރުމަށް، ޕްރޮކިއުމަންޓު ޕޮލިސީ އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، މިހާރު ވަނީ އޭގެ ފުރަތަމަ ޑްރާފްޓް ވެސް ނިމިފައެވެ. ނަޖާހް ވިދާޅުވީ، ދެން އޮތީ އެ ޑްރާފްޓް ބޯޑަށް ހުށަހެޅުމުގެ މަތުޙަލާއެވެ. ނަޖާހުގެ އަމާޒަކީ އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އައު ޕޮލިސީއަށް އަމަލުކުރަން ފެށުން ކަމަށް ވެސް ވިދާޅުވިއެވެ.

"މި އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނީ އައު ޕޮލިސީއާއެކު. އޭގެ ފުރަތަމަ މަރުހަލާ ނިންމާ ޑްރާފްޓު ނިންމާ ބޯޑަށް ހުށައަޅަން ތައްޔާރު ވެފައި ވަނީ” ނަޖާޙް ވިދާޅުވިއެވެ.

ނަޖާހު ވިދާޅުވީ އެ ޑްރާފްޓަށް ބޯޑުން ދޭ ލަފަޔާއި އެކު ފައިނަލް ޑްރާފްޓްއަކަށް ތާރޑް ޕާޓީއަކަށް ފޮނުވައިގެން ރިވިއު ކުރާނެ ކަމަށެވެ. ފެނަކައިން އެ ޑްރާފްޓަށް ގެންނަ ބަދަލުތައް ރިވިއު ކުރުމަށް ބޭނުން ނުވާ ކަމަށާއި އެއީ ރަނގަޅު ގޮތެއް ކަމަށް ނުފެންނަ ކަމަށް ވެސް ވިދާޅުވިއެވެ. “އަޅުގަނޑުމެން އަމިއްލަ އަށް ރިވިއު ކުރުމަކީ ރަނގަޅު ގޮތެއް ނޫން" ނަޖާޙް ވިދާޅުވިއެވެ.

ފެނަކައިގެ އައު ޕޮލިސީއާއެކު ޕްރޮކިއުމަންޓުގެ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އިތުރުން، މަސައްކަތުގެ އެކި މަރުޙަލާ ތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއް ޒިންމާދާރު ކުރެވޭނެ ކަމަށް ނަޖާޙް ވިދާޅުވިއެވެ. މީގެ އިތުރުން، އައު ޕޮލިސީގެ ދަށުން ޕްރޮކިއުމަންޓު ކޮމިޓީއެއް އުފެދި، ބޮޑެތި ޕްރޮކިއުމަންޓުތަކުގެ ކަންކަން ހިންގުމުގައި ފަންނީ ފަރާތްތަކުން ވަރަށް ތަފްސީލުކޮށް ކަންކަން ބަލާނެ ކަމަށް ވެސް ނަޖާހު ވިދާޅުވިއެވެ. އަސި ކަންކަން ކުރިޔަށް ގެންދާނީ ދެފުށް ފެންނަ އުޞޫލުން ކަމަށް ވެސް ނަޖާޙް ވިދާޅުވިއެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ފެނަކައިގެ ކުރީގެ ބައެއް ވެރިންނަށް ދަޢުވާކުރުމަށް ކޯޓަށް ފޮނުވާފައިވާއިރު، ތުހުމަތުކުރެވޭ ފަރާތްތަކުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައި ކަމެވެ. މި ހުރިހާ މައްސަލަތަކަށް ހައްލެއް ގެނެސް، ކުންފުނީގެ މާލީ އިދާރީ ހިންގުން ރަނގަޅުކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.

ފެނަކަފެނަކަ އެމްޑީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

11 ދުވަސް ކުރިން - 16:10

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

23 ދުވަސް ކުރިން - 23:13

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

28 ދުވަސް ކުރިން - 14:32

ނިމިދިޔަ ސަރުކާރުން ހުޅުދޫ މީދޫގައި އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް: ޝާހިދު

"އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް"

33 ދުވަސް ކުރިން - 14:52

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

49 ދުވަސް ކުރިން - 22:01

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

51 ދުވަސް ކުރިން - 23:18