Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްޓެލްކޯގެ އިލެކްޓްރިކް ކޯހަކީ މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ ފެށުމެއް: މެޑަމް ސާޖިދާ

ސްޓެލްކޯގެ އިލެކްޓްރިކް ކޯހަކީ މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ ފެށުމެއް: މެޑަމް ސާޖިދާ

އައިޝަތު ރުވާ ރިފްޢަތު
241 ދުވަސް ކުރިން - 24 ނޮވެންބަރު 2025 12:06
"ބިގިނަރސް އިލެކްޓްރިކް ކޯސް ފޯރ ވިމެން" ނަމުގައި ސްޓެލްކޯ އިން ބޭއްވި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން މެޑަލް ސާޖިދާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ދައުލަތުގެ މީޑިއާ
"ބިގިނަރސް އިލެކްޓްރިކް ކޯސް ފޯރ ވިމެން" ނަމުގައި ސްޓެލްކޯ އިން ބޭއްވި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން މެޑަލް ސާޖިދާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ދައުލަތުގެ މީޑިއާ
ޚުލާސާ

ކަރަންޓާއި ބެހޭ އަސާސީ މަޢުލޫމާތު ނޭނގުމުގެ ސަބަބުން ލިބޭ ގެއްލުންތައް ފާހަގަކޮށް މެޑަމް ސާޖިދާ ވިދާޅުވީ ސްޓެލްކޯއިން އަންހެނުންނަށް ހިންގި އިލެކްޓްރިކް ކޯހަކީ ހެޔޮބަދަލެއްގެ ފެށުން ކަމަށް

ސްޓެލްކޯއިން އަންހެނުންނަށް ޚާއްސަކޮށްގެން ހިންގި އިލެކްޓްރިކް ކޯހަކީ މުޖުތަމައަށް މުހިންމު ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ ފެށުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިފަކުރައްވައިފިއެވެ.

"ބިގިނަރސް އިލެކްޓްރިކް ކޯސް ފޯރ ވިމެން" ނަމުގައި ހިންގި މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ ކަރަންޓުގެ މަސައްކަތްތަކަކީ އާންމުކޮށް ރާއްޖޭގައި އަންހެނުން ކުރާ މަސައްކަތެއް ނޫން ނަމަވެސް މިފަދަ ކޯސްތަކުގެ ސަބަބުން މި ދާއިރާއަށް އަންހެނުން ވަނުމަށް މަގުފަހިވެ، އެތައް ބޭނުންތެރި ހުނަރުތަކެއް އުނގެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ކަރަންޓާ ބެހޭ އަސާސީ މައުލޫމާތު ނެތުމުގެ ސަބަބުން ކަރަންޓް ޝޯޓޭޖާއި އަލިފާނުގެ ހާދިސާތަކާއި، ބައެއް ފަހަރު ފުރާނައަށް ގެއްލުންވާ ފަދަ ކަންކަން ހިނގާކަން ފާހަގަކުރައްވައި، މި ކޯހުގެ ސަބަބުން މިފަދަ ހާދިސާތައް ކުޑަކުރުމަށް އެހީތެރިވެދޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން ކަރަންޓުގެ ޚަރަދު ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު ކޮންމެ ގެއަކަށްވެސް ވަރަށް މުހިއްމުކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. މިފަދަ ހޭލުންތެރިކަން ގެތަކުގައި ގާއިމްވުމަކީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އަންހެނުންނަށް މިފަދަ އިލްމާއި ހުނަރު ލިބުމަކީ އެތައް ގޮތަކުން މުޖުތަމަޢަށް ފައިދާކުރަނިވި ކަމެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، މަންމަ ކަރަންޓްގެ މަސައްކަތް ކުރާތަން ފެނުމުން ދަރިންގެ ހިތުގައި މި ދާއިރާއަށް ޝައުގުވެރިކަން އުފެދި، ކުރިމަގުގައި މުޖުތަމަޢަށް ބޭނުންތެރި މަސައްކަތްތެރިންތަކެއް ބިނާވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިފަދަ މަސައްކަތްތައް ދަސްވުމުގެ ސަބަބުން ތަކެތި ގަތުމުގައިވެސް ރަނގަޅު ފެންވަރުގެ ތަކެތި ދެނެގަނެ، ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަކަށް މަސައްކަތްތައް ރާވާ، ޚަރަދުކުޑަކުރެވޭނެ ކަމަށެވެ.

މެޑަމް ސާޖިދާ މުހައްމަދުސްޓެލްކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

:އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ”

3 ދުވަސް ކުރިން - 19:54

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

33 ދުވަސް ކުރިން - 00:19

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

39 ދުވަސް ކުރިން - 18:45

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

61 ދުވަސް ކުރިން - 15:34

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

61 ދުވަސް ކުރިން - 12:41

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

75 ދުވަސް ކުރިން - 16:12