މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަޤާމުން ފައްޔާޒް އިސްމާޢީލް އިސްތިއުފާ ދެއްވައިފިއެވެ. ފައްޔާޒު މިކަން ހާމަކުރެއްވީ އޭނާގެ އެކްސް އެކައުންޓުގައެވެ.
އެނގިފައިވާ ގޮތުގައި ފައްޔާޒް އިސްތިއުފާ ދެއްވި އަސްލު ސަބަބަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރަން ނިންމާފައިވާއިރު އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި އިތުރު ބޭފުޅުންތަކެއް ވެސް ވެރިކަމަށް ކުރިމަތިލައްވާތީވެ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ބޮޑު ކޯޅުމުގެ ސަބަބުންނެވެ.






