މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު މާލެ އާއި ހުޅުމާލެއިން 22 އުޅަނދު ޓޯ ކޮށްފި އެވެ.
ފުލުހުން އެކްސް ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު މާލެއާއި ހުޅުމާލެއިން ޖުމުލަ 22 އުޅަނދު ޓޯ ކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ހުޅުމާލެއިން 19 ސައިކަލާއި، ހަތަރު ފުރޮޅު ލީ އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މާލެއިން ދެ ސައިކަލު ޓޯ ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ހުޅުމާލެއިން ޓޯ ކުރި އުޅަނދުތަކުގެ ތެރެއިން 13 އުޅަނދަކީ ލައިސަންސް ނެތި ދުއްވުމުން ޓޯ ކުރި އުޅަނދުތަކެކެވެ. މީގެ އިތުރުން، ނުރައްކާތެރިކޮށް ދުއްްވައިގެން ހަސައިކަލު ޓޯ ކޮށްފައިވެ އެވެ. އަސްލަށް ބަދަލު ގެނެސްގެން ދުއްވި ސައިކަލެއް ވެސް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މިފަދަ މައްސަލަތަކުގައި ޖުމުލަ 30 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 27 މީހުންނަކީ ސައިކަލު ދުއްވި މީހުންނެވެ. ބާކީ ތިން މީހުންނަކީ، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވި މީހުންނެެވެ.






