ވިލިމާލެ ޕޮލިސްޓޭޝަނުގެ ބެލުމެގު ދަށުގައި ހުރި ސިނގިރޭޓު ކާޓުނުތަކެއް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މި މައްސަލައާ ގުޅިގެން މީޑިއާތަކުން ސުވާލުކުރުމުން ފުލުހުން ބުނީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 ކާޓޫނުގެ ސިނިގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޗަނުގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުއްޓައި އޭގެން ތެރެއިން ހަ ކާޓޫނު ސިނިގިރޭޓު މަދުވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުން.ދާ ކަމަށެވެ.
މި ތަކެއްޗަކީ ބިދޭސީއެއްގެ އަތުން 25 މޭ 2025 ގައި ފުލުހުން އަތުލައިގަތް ތަކެތި ކަމަށާއި އޭގެ ތެރެއިން ހަ ކާޓޫނު މަދުވެފައިވާކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސް އާ ހަވާލުކުރުމަށް 12 ނޮވެމްބަރު 2025 ގައި ބެލި އިރު ކަމަށް ބުންޏެވެ.
އަދި މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުންދަނިކޮށް 23 ޑިސެމްބަރު 2024 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ވިލިމާލެ ޕޮލިސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ 25 ކާޓޫނު ސިނގިރޭޓުވެސް ގެއްލިފައިވާކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑް ކޮމާންޑް އިން ބަލަމުންދާ ކަމަށެވެ. އަދި މައްސަލައިގައި ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށްވެސް ބުންޏެވެ.






