ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް މާލޭގެ އެކި ސަރަހައްދުތަކާއި ކަނޑުމަތީގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރިން ބުނެފައިވާ ގޮތުގައި، އެމްއެންޑީއެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ގްރޭޓާ މާލޭގެ އެކި ސަރަހައްދުތަކުގައި އަދި ކަނޑުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މިތަމްރީނުތައް ކުރިއަށްދާ ވަގުތު ފަޔާ އެންޑް ރެސްކިޔު ސާވިސްގެ އުޅަނދުތައް ސައިރަން އަދި ބީކަން އާއެކު ބާރު ސްޕީޑްގައި ގްރޭޓާ މާލެ ސަރަހައްދުގައި ދަތުރުކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ސިފައިން މިފަދަ އަސްކަރީ ތަމްރީނުތަކެއް މީގެ ކުރިންވެސް ކުރިޔަށް ގެންގޮސްފައިވެ އެވެ.