ރައީސް އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޞިރު (އައްލޮބެ) އާއި އެފްއެމްސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ނާޒިމް ނުވަތަ ހެރިންސް އަންމަޑޭގެ މަންމާފުޅު މާފަންނު ދިލޭރާމްގޭ ޝަރީފާ މުހައްމަދު އަވަހާރަ ވެއްޖެއެވެ.
ޝަރީފާ މުހައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ޢާއިލާއިން ވަނީ ހިތާމަ ފާޅުކުރައްވައި ޝަރީފާގެ ފާފަތައް ފުއްސަވައި ޖަންނަތުލް ފިރްދައުސްގެ ދާއިމީ ނިޢުމަތް ލެއްވުމަށް އެދި ދުއާ ކުރައްވާފައެވެ. ޝަރީފާ މުހައްމަދު އަކީ ދިވެހި ޤައުމަށް ހިދުމަތްކުރާ ދަރީންތަކެއްގެ މަންމައެވެ. އެކަމަނާ އުފަންވެވަޑައިގަތީ 1942 ވަނަ އަހަރުގަ އެވެ. ނިޔާވިއިރު އުމުރުފުޅަކީ 83 އަހަރެވެ.
އެކަމަނާގެ މޫނުފުޅު ދެއްކުން އޮންނާނީ މަސްޖިދު އަލް-ސުލްތާން މުޙައްމަދު ތަކުރުފާނު އަލް-އައުޒަމް (އިސްލާމީ މަރުކަޒު) ގައެވެ. އަދި ކަށުނަމާދު އޮތީ މިއަދު މަޣްރިބް ނަމާދަށް ފަހުގަ އެވެ.
ޝަރީފާ މުަހއްމަދު އަވަހާރަވުމާއި ގުޅިގެން ޚުލާސާ ނޫހުގެ މެނޭޖްމަންޓުން މި ހިތާމައިގައި ބައިވެރިވެ، މަރްހޫމްގެ ފުރާނައަށް ޖަންނަތުލް ފިރްދައުސްގެ ދާއިމީ ނިޢުމަތް ލެއްވުމަށާއި، އަދި މި ހިތްދަތި ވަގުތުގައި އެ ޢައިލާ އަށް ކެތްތެތިކަން ދެއްވުމަށް އެދި ދުއާކުރެއެވެ.






