Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދު ކުށަށް އިއުތިރާފްވެއްޖެ

ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދު ކުށަށް އިއުތިރާފްވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
248 ދުވަސް ކުރިން - 20 ނޮވެންބަރު 2025 21:57
ރައުދު އަހުމަދު ޒިލާލް ހައްޔަރު ކޮށްގެން ފުލުހުން ގެންދަނީ
ރައުދު އަހުމަދު ޒިލާލް ހައްޔަރު ކޮށްގެން ފުލުހުން ގެންދަނީ
ޚުލާސާ

ދައުލަތާ އެކީގައި އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާތީ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލާގެ ހުކުމް އިއްވަން މިހާރު ވަނީ ނިންމައިފައި.

ހައްވާ ޔުމްނު ރަޝީދު މާލޭގެ އިމާރާތަކުން ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް، އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް ކްރިމިނަލް ކޯޓުގައި އިއުތިރާފްވެއްޖެ އެވެ. މި މައްސަލައަކީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.

ޔުމްނު ވެއްޓުނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. މި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގަ އެވެ. އޭގެ ފަހުން އޭނާ އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވާފައިވާއިރު، މެލޭޝިއާއަށް ފޮނުވުމަށް ސަރުކާރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރައުދުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ. މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ އެ ދައުވާއަށް އިއުތިރާފްވެފަ އެވެ. ދައުލަތާ އެކީގައި އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާތީ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލާގެ ހުކުމް އިއްވަން މިހާރު ވަނީ ނިންމައިފަ އެވެ. މި ކުށުގެ ދައުވާ ރައުދުގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަންނާނީ 1 މަހާއި 6 ދުވަހަށް ޖަލު ހުކުމެކެވެ.

Advertisement

Advertisement 1

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ރައުދުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅީ ޖޫން 4 ވަނަ ދުވަހު އެވެ. އެ އޮފީހުން ބުނީ އެ ދައުވާ އުފުލަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު 04:54 އެހައިކަށްހާއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީ އާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީ ކަމަށެވެ.

އުމުރުން 22 އަހަރުގެ ރައުދު މި މައްސަލައިގައި ހައްޔަރު ކުރީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވުމާއި، އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި، ޖިންސީ ބޭނުން ހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުގަ އެވެ.

ރައުދުޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްކްރިމިނަލް ކޯޓު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

8 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

8 ދުވަސް ކުރިން - 18:42

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

46 ދުވަސް ކުރިން - 11:09

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ބްރައިޓް މައިންޑްސް" ގެ ވެރިޔާ, އަފްލާހުގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަފަލާހުގެ މައްޗަށް ދައުވާ އުފުލައިފި

57 ދުވަސް ކުރިން - 17:47

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

74 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

74 ދުވަސް ކުރިން - 16:23