Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވީއައިއޭގެ އާ ޓާމިނަލް 1 އިން ޖަރުމަނުގެ ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އާ ޓާމިނަލް 1 އިން ޖަރުމަނުގެ ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
202 ދުވަސް ކުރިން - 20 ނޮވެންބަރު 2025 22:08
ކޮންޑޯއަށް ހިދުމަތް ދޭން ފެށުމާއި ގެޅިގެން މިއަދު ޓާމިނަލް 1 ގައި ބޭއްވި ރަސްމިއްޔާތު ތެރެއިން/ ފޮޓޯ:ވީއައިއޭ
ކޮންޑޯއަށް ހިދުމަތް ދޭން ފެށުމާއި ގެޅިގެން މިއަދު ޓާމިނަލް 1 ގައި ބޭއްވި ރަސްމިއްޔާތު ތެރެއިން/ ފޮޓޯ:ވީއައިއޭ
ޚުލާސާ

ވީއައކއޭ ޓާމިނަލް 1 ގައި ކޮންޑޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލާފައިވާއިރު، އެ އެއާލައިނުން ފުރި 302 ފަސިންޖަރުންނަށް ހާއްސަ ހަދިޔާތައް ވަނީ ދީފައި.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޖަރުމަނުގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފިއެވެ. މިކަން ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ޓާމިނަލް 1 ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މިއަދު ހެނދުނު ބޭއްވުނު މި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު އެވެ. މި ރަސްމިއްޔާތުގައި ކޮންޑޯގެ އިންޓަކޮންޓިނެންޓަލް ސްޓޭޝަންސްގެ އޭރިއާ މެނޭޖަރު ސްޓެފަން މެކްކެނާ އާއި ކޮންޑޯގެ އޭޝިއާ އަދި އިންޑިއަން އޯޝަންގެ ގްރައުންޑް އޮޕަރޭޝަންސްގެ ރީޖަނަލް މެނޭޖަރު ރޮން ޕްލެންގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްވެރިންނާއި އެއާޕޯޓްގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތާ އެކު ކޮންޑޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލާފައިވާއިރު، އެ އެއާލައިނުން ފުރި 302 ފަސިންޖަރުންނަށް ހާއްސަ ހަދިޔާތައް ވަނީ ދީފަ އެވެ. މީގެ އިތުރުން، ޓާމިނަލް 1 އަށް ކައިރި ކުރި ކޮންޑޯގެ ފުރަތަމަ ފްލައިޓް، DE2320 އިން ރާއްޖެ އައި 277 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ.

Advertisement

Advertisement 1

ކޮންޑޯ އިން ރާއްޖެއަށް ދަތުރުތައް ފެށީ 31 އޮކްޓޫބަރު 1981 ގައެވެ. މިއީ ވީއައިއޭގެ އާ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޖަރުމަނުގެ ފުރަތަމަ އެއާލައިން ކަމަށްވުމުން، މިއީ ވީއައިއޭގެ ތާރީހަށް އިތުރުވި މުހިންމު ފިޔަވަޅެކެވެ.

ކޮންޑޯ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފަށާފައިވާ އެއާލައިންތަކުގެ އަދަދު ވަނީ 26 އަށް އިތުރުވެފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ޓާމިނަލް 1 ގެ ހިދުމަތްތައް ހަރުދަނާކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ވެލާނާ އެއާޕޯޓް ޓާމިނަލް 1ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

7 ދުވަސް ކުރިން - 17:15

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭ އިން ހޯދައިފި

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭއިން ހޯދައިފި

27 ދުވަސް ކުރިން - 08:32

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ: އެމްޑީ ޝަރީފް

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ

27 ދުވަސް ކުރިން - 08:30

ވީ.އައި.އޭގެ ފެހިކަމާއި ހިތްފަސޭހަކަން ދެމެހެއްޓުމުގައި އެމްއޭސީއެލްގެ ހޯޓިކަލްޗާ ޓީމުގެ ދައުރު ބޮޑު

"ވީ.އައި.އޭގެ ހިތްފަސޭހަކަން ދެމެހެއްޓުމަށް ހޯޓިކަލްޗާ ޓީމުގެ ދައުރު"

34 ދުވަސް ކުރިން - 20:53

ޓާމިނަލް މަރާމާތަށް ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި

ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި

49 ދުވަސް ކުރިން - 17:36

ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

59 ދުވަސް ކުރިން - 18:54