ކަސްޓަމްސްއިން 53،000 އަށްވުރެ ގިނަ ވޭޕް ކުރުމަށް ބޭނުންކުރާ ސާމާނު ހިފަހައްޓައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 65 ދުވަސް ކުރިން - 20 ނޮވެންބަރު 2025 14:54
ކަސްޓަމްސް ބިލްޑިން. ކަސްޓަމްސްއިން މިހާތަނަށް ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރަން އުޅުމުގެ 176 މައްސަލައެއް ހޯދާފައިވޭ--- ފޮޓޯ: ޚުލާސާ
ކަސްޓަމްސް ބިލްޑިން. ކަސްޓަމްސްއިން މިހާތަނަށް ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރަން އުޅުމުގެ 176 މައްސަލައެއް ހޯދާފައިވޭ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ރާއްޖެއަށް ވޭޕާއި ވޭޕްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކުރުން މަނާކުރި ފަހުން ކަސްޓަމްސްއިން ވަނީ މިހާތަނަށް 53،300 ތަކެތި ހިފަހައްޓައިފަ

ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން، މިހާތަނަށް 53،000 އަށްވުރެ ގިނަ ވޭޕް ކުރުމަށް ބޭނުންކުރާ ސާމާނު ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އީ-ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ ސާމާނު ރާއްޖެއަށް އެތެރެކުރުން މަނާވުމާއި ގުޅިގެން ކަސްޓަމްސްއިން ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރަން އުޅުމުގެ 176 މައްސަލައެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް ވޭޕް ކުރުމަށް ބޭނުންކުރާ 53،300 ތަކެތި ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް އީ-ސިނގިރޭޓާއި ވޭޕް ފަދަ ތަކެތި އެތެރެކުރުން މަނާކުރީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހި ނަމަވެސް ވޭޕް ބޭނުންކޮށް ވިއްކައި، އަދި ހިލޭ ބެހުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ގޮތުން މި ގާނޫނާ ހިލާފުވެއްޖެނަމަ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ސާމާނު ރާއްޖެއަށް އެތެރެ ކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރެވި، އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%