Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
248 ދުވަސް ކުރިން - 20 ނޮވެންބަރު 2025 11:40
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ. މި މަހުގެ ތެރޭގައި މި މަޝްރޫއުގެ ފުރުތަމަ ސެގްމެންޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ--- ފޮޓޯ: އެމްޓީސީސިީ
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ. މި މަހުގެ ތެރޭގައި މި މަޝްރޫއުގެ ފުރުތަމަ ސެގްމެންޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ--- ފޮޓޯ: އެމްޓީސީސިީ
ޚުލާސާ

މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓްގެ 91 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މި މަސައްކަތުގެ 91 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ކެރިއޭޖްވޭ ހެދުމުގެ މަސައްކަތް ކަމަށެވެ. މަގުގެ ސަބް ގްރޭޑްގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން ވަނީ ހާމަކޮށްފަ އެވެ.

Advertisement

Advertisement 1

މީގެ އިތުރުން މަގުގައި ދުވާރު ހެދުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާ ކަމަށާއި، ސާވިސް ލައިންތަކާއި، ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

މި މަޝްރޫއުގެ ސަބަބުން އެއްގަމު އުޅަނދު ފަހަރަށާއި ފައިމަގުގައި ދަތުރުކުރާ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ މަގުތަކެއް ތަރައްގީ ކުރެވި، މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. މީގެ އިތުރުން، އާ ސްޓޯމް ވޯޓާ ޑްރެއިނޭޖް ނިޒާމެއް ގާއިމުކުރުމުގެ ސަބަބުން ބޯކޮށް ވާރޭވެހޭ ހާލަތްތަކުގައި މަގުގައި ފެންބޮޑުވުން ފުރުސަތު ކުޑަވެގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށް އެއް އަހަރާއި ތިން މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ބޮޑުތަކުރުފާނު މަގުއެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

21 ގަޑިއިރު ކުރިން - 20:04

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

2 ދުވަސް ކުރިން - 16:00

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

3 ދުވަސް ކުރިން - 08:54

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

4 ދުވަސް ކުރިން - 11:30

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

8 ދުވަސް ކުރިން - 16:30

ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

ކުރީގެ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

8 ދުވަސް ކުރިން - 21:11