Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީޖާދުތައް ހިމާޔަތްކުރަން ޕޭޓަންޓާ ބެހޭ ގާނޫނެއް ހަދަނީ

އީޖާދުތައް ހިމާޔަތްކުރަން ޕޭޓަންޓާ ބެހޭ ގާނޫނެއް ހަދަނީ

މުހައްމަދު ޖަމްޝަތު
289 ދުވަސް ކުރިން - 19 ނޮވެންބަރު 2025 22:21
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު---
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު---
ޚުލާސާ

ވޯލްޑް އިންޓެލެކްޓުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައި އެ ބިލު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ސައީދު ވިދާޅުވި

ޓްރޭޑްމާކް ބިލަށް ފަހު ޕޭޓަންޓާއި ބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕޭޓެންޓް ގާނޫނަކީ، އީޖާދުތައް ކުރާ ފަރާތްތަކަށް، އެމީހުންގެ އާ އީޖާދުތަކަށް ވަކި މުއްދަތެއްގެ ތެރޭގައި ހާއްސަ ހިމާޔަތެއް ދިނުމަށްޓަކައި ބިނާކުރެވިފައިވާ ގާނޫނީ އޮނިގަނޑެކެވެ. މި ނިޒާމުގެ ދަށުން، އެހެން އެއްވެސް ފަރާތަކަށް ހުއްދަ ނުހޯދައި އެ އީޖާދު އުފެއްދުމާއި، ބޭނުންކުރުމާއި، ވިޔަފާރިކުރުމާއި، ނުވަތަ އެތެރެކުރުމަކީ މަނާކަމެކެވެ.

މިއީ އީޖާދީ މުދަލުގެ (އިންޓަލެކްޗުއަލް ޕްރޮޕަޓީގެ) ގާނޫނުގެ މުހިންމު ބައެކެވެ. މި ގާނޫނުގެ އަސާސީ މަގުސަދަކީ، އީޖާދުކުރާ ފަރާތްތަކަށް ވަގުތީ ގޮތުން ހާއްސަ ފައިދާ އެއް ދިނުމުގެ ސަބަބުން އީޖާދީ މަސައްކަތްތަކަށް ހިތްވަރު ދިނުމެވެ. ނަތީޖާއެއްގެ ގޮތުން، އެހެން ފަރާތްތަކަށް ގާނޫނީ ހުއްދައާއެކު އެ އީޖާދު ކޮޕީކުރުމުގެ ކުރިން، އީޖާދުކުރި ފަރާތްތަކަށް އެމީހުންގެ ތަރައްގީގެ މަސައްކަތްތަކަށް ކުރި ހަރަދުތައް އަނބުރާ ހޯދައި އަދި އެ އުފެއްދުންތަކުން ފައިދާ ނެގުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

Advertisement

Advertisement 1

މިނިސްޓަރު ސައީދު ވިދާޅުވީ ވޯލްޑް އިންޓެލެކްޓުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައި ޕޭޓަންޓާއި ބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަންނަ އަހަރު އިންޓަލެކްޓުއަލް ޕްރޮޕަތީ އޮފީހެެއް ގާއިމުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖެއަށް ފޭކު މުދާ އެތެރެކުރުން ހުއްޓުވައި ފިކުރީ ފިކުރީ މުދަލުގެ ހައްގުތައް ރާއްޖޭގައި ހިމާޔަތްކުރުން ހަރުދަނާކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޓްރޭޑްމާކާ ބެހޭ ބިލު ވަނީ ދާދިފަހުން ފާސްކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ލިބޭނީ ގާނޫނުގައިވާ ގޮތުގެ މަތީން އެ މާކް ރަޖިސްޓްރީކުރުމުންނެވެ. އެ ބިލުގައިވާ ގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި، މި މުއްދަތު ހަމަވުމުން އަނެއްކާވެސް 10 އަހަރަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މިނިސްޓަރު މުހައްމަދު ސައީދުމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްއިގްތިސޯދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

4 ދުވަސް ކުރިން - 14:07

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

9 ދުވަސް ކުރިން - 10:22

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

9 ދުވަސް ކުރިން - 22:31

މިއީ އާ ޓެކްސެއް ނޫން: ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

18 ދުވަސް ކުރިން - 19:40

ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ ރިޒާވް މަތިކުރަން އެޅި ވަރަށް މުހިންމު ފިޔަވަޅެއް: ސަރުވަޝް

ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ ރިޒާވް މަތިކުރަން އެޅި ވަރަށްމުހިންމު ފިޔަވަޅެއް: ސަރުވަޝް

23 ދުވަސް ކުރިން - 12:40

ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ: ސައީދު

"ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ"

23 ދުވަސް ކުރިން - 10:15