ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

މުހައްމަދު ޖަމްޝަތު | 11 ދުވަސް ކުރިން - 19 ނޮވެންބަރު 2025 14:01
ފުލުހުންގެ ހެޑްކުއާޓަރު، ޝަހީދު ހުސެން އާދަމް ބިލްޑިން--- ފޮޓޯ: ޚުލާސާ
ފުލުހުންގެ ހެޑްކުއާޓަރު، ޝަހީދު ހުސެން އާދަމް ބިލްޑިން--- ފޮޓޯ: ޚުލާސާ
ޚުލާސާ

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުން

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 16 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ރާއްޖޭގެ ކޮން ހިސާބެއްގައި ހިނގި މައްސަލައެއް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަމުން ދާއިރު، 18 އަހަރުގެ އަންހެނަކު ގަދަކަމުން ހިފަހައްޓައި، ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން މިދިޔަ ހަފުތާގައި މާލޭގެ މަގެއްގެ މަތިން ފުލުހުންގެ އެހީއަށް އެދުނު އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު، އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ހާމަވި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ނަމަވެސް މީގެން އެއްވެސް މައްސަލައެއްގައި މިހާތަނަށް ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%