Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕާޓީން ވަކިކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހަޅައިފި

ޕާޓީން ވަކިކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހަޅައިފި

މުހައްމަދު ޖަމްޝަތު
285 ދުވަސް ކުރިން - 19 ނޮވެންބަރު 2025 13:41
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް---ފޮޓޯ:މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް---ފޮޓޯ:މަޖިލިސް އިދާރާ
ޚުލާސާ

ސަރުކާރުން ހުށަހެޅި މި އިސްލާހާ ޕީއެންސީގެ ބައެއް މެމްބަރުން ދެކޮޅު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެމްބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅަފި އެވެ.

މަޖިލީހުގެ މެމްބަރަކު ތަމްސީލުކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ މިހާރު އޮތް ޕީއެންސީ މެޖޯރިޓީން މިދިޔަ އަހަރުއެވެ.

ނަމަވެސް، މެމްބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ މަގުސަދުގައި ކަމަށްބުނެ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.

Advertisement

Advertisement 1

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް އިތުރުކުރަން ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، މަޖިލިސް މެމްބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެމްބަރަކަމުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަގުލަބިއްޔަތު ލިބިގެން ކަމަށެވެ.

އަދި އެ ވޯޓުން މެމްބަރުކަމުން ވަކިކުރަން އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެމްބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށް ވެސް އިސްލާހުގައިވެއެވެ.

ނަމަވެސް މަޖިލީހުގެ އެ އުމުރުގެ ތެރޭގައި އެ މެމްބަރަކު ސިޔާސީ ޕާޓީގެ މެމްބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅަން ވެސް ޝުޖާގެ އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.

އިސްލާހު ހުށަހެޅުމަށްވުމަށް ފަހު، ޝުޖާއު މިއަދު ވިދާޅުވީ މި އިސްލާހަކީ ރައްޔިތުން ބާރުވެރިކޮށް ރައްޔިތުން ގޮތް ނިންމުމުގެ ފުރުސަތު ދޭން ގެންނަ ބަދަލެއް ކަމަށެވެ. މެންބަރުން ޕާޓީން ވަކިކުރާ ހާލަތުގައި ވެސް އެންމެ ފަހުގެ ބަސް ބުނާނީ ރައްޔިތުން ކަމަށް ކަނޑައެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި އިސްލާހަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ތާއިދެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އެ ޕާޓީއަކުން ވަކިވުމުން އެ ހުރީ ގޮނޑި ގެއްލިފައި ކަމަށާއި ގޮނޑި ގެއްލުނީމަ އަލުން ބޭނުމިއްޔާ އިންތިހާބުގައި ވާދަކުރަންވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްމެންބަރު އިބްރާހިމް ޝުޖާއު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

4 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

4 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

4 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

5 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

5 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

6 ދުވަސް ކުރިން - 07:43