Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީއަށް ރައްޔިތުންނަށް ފައިދާވާ ގާނޫނެއް ހަދާކަށް ނުކެރުނު: ފަލާހު

އެމްޑީޕީއަށް ރައްޔިތުންނަށް ފައިދާވާ ގާނޫނެއް ހަދާކަށް ނުކެރުނު: ފަލާހު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
244 ދުވަސް ކުރިން - 19 ނޮވެންބަރު 2025 11:27
މެމްބަރު ފަލާހު. ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ސިޔާސީ ޕާޓީތަކަށް ހޯދައި ދިނީ އަދުގެ ސަރުކާރުން ކަމަށް އޭނާ ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މެމްބަރު ފަލާހު. ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ސިޔާސީ ޕާޓީތަކަށް ހޯދައި ދިނީ އަދުގެ ސަރުކާރުން ކަމަށް އޭނާ ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ފަލާހު މި މޭރުމުން ވިދާޅުވީ މެމްބަރު މީކާއިލް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން. މި ބިލަށް ފަލާހު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ

އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާވާ ގާނޫނެއް ހަދަން ނުކެރުނު ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މެމްބަރު ފަލާހު މި މޭރުމުން ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުންނެވެ. މެމްބަރު މީކާއިލް ހުށަހެޅުއްވި ބިލަކީ އެއްވެ އުޅުމުގެ ގާނޫނު އުވާލުމަށް ހުށަހެޅި ބިލެކެވެ. މެމްބަރު ފަލާހު ވިދާޅުވި ގޮތުގައި، މިފަދަ މުހިއްމު އިސްލާހުތަކާއި ގާނޫނުތައް އުވާލަން ހުށަހެޅުމަކީ އެއްވެސް ވަރަކަށް ގައުމާ ދޭތެރޭ އެމްޑީޕީން ނުވިސްނާ ކަމުގެ ހެއްކެއް ކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ސިޔާސީ ޕާޓީތަކަށް ހޯދައި ދިނީ އަދުގެ ސަރުކާރުން ކަމަށާއި މި ގާނޫނު އުވާނުލި ނަމަވެސް މިހާރުވެސް ބޭނުން ކޮންމެ ސަރަހައްދަކަށް އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް އެބައޮތްކަމަށް މެމްބަރު ފަލާހު ވިދާޅުވި އެވެ.

Advertisement

Advertisement 1
"އަޅުގަނޑުމެންނަށް ކަމަކަށް ނުވޭ އެމްޑީޕީން މިހާރު އެއްވާން ގޮވާލިއަކަސް" --- މެމްބަރު ފަލާހު ވިދާޅުވި އެވެ.

މެމްބަރު ފަލާހު ވިދާޅުވި ގޮތުގައި، އެމްޑީޕީން މި މަހުގެ 17 ވަނަ ދުވަހުވެސް ޖަލްސާއެއް ބާއްވަން އިއުލާނު ކުރި ނަމަވެސް އެ ޖަލްސާއަށް ދާނެ މީހަކު ނުވުމުން އެ ޖަލްސާ އެންމެ ފަހުން ކެންސަލް ކުރީ ކަމަށެވެ.

އެމްޑީޕީއަށް ވެރިކަން ލިބި، ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިގެން އެ ޕާޓީއަށް ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރެވުނު ކަމަށް ވިދާޅުވެ ފަލާހު ވަނީ މި ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސްމެމްބަރު އިބްރާހިމް ފަލާހް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

7 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

14 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

14 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

26 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

45 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

46 ދުވަސް ކުރިން - 12:12