ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ކޮމާންޑަރެއް ޝަހީދުކޮށްލައިފި

ހުސައިން އިސްމާއިލް | 12 ދުވަސް ކުރިން - 18 ނޮވެންބަރު 2025 14:32
ޣައްޒާގެ ދަޔިރް އަލް-ބަލަޙް ގައި މުޖާހިދުންގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި
ޣައްޒާގެ ދަޔިރް އަލް-ބަލަޙް ގައި މުޖާހިދުންގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި
ޚުލާސާ

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ ޖަމާޢަތެއް ކަމަށްވާ ޕަލަސްޓީނިޔަން ރެސިސްޓެންސް ކޮމިޓީސް (ޕީއާރްސީ)ގެ އިސް ކޮމާންޑަރު ވަސީމް ޢަބްދުލްހާދީ (އަބޫ އާބިދު)، ޝަހީދުކޮށްލައިފި

ޣައްޒާގެ ދަޔިރް އަލް-ބަލަޙް ސަރަޙައްދުގައި ޒައެނިސްޓު ސިފައިން ކޯޑިނޭޓް ކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ ޖަމާޢަތެއް ކަމަށްވާ ޕަލަސްޓީނިޔަން ރެސިސްޓެންސް ކޮމިޓީސް (ޕީއާރްސީ)ގެ އިސް ކޮމާންޑަރު ވަސީމް ޢަބްދުލްހާދީ ނުވަތަ އަބޫ އާބިދު، ޝަހީދުކޮށްލައިފިއެވެ. އަބޫ އާބިދު ޝަހީދުކޮށްލާފައިވާކަން ޕީއާރްސީން މިހާރު ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.

ޕީއާރްސީއިން ބުނި ގޮތުގައި، އަބޫ އާބިދަކީ އެ ޖަމާޢަތުގެ ހަތިޔާރު އެޅި ގޮފި، 'ނާސިރު ސަލާޙުއްދީން ބްރިގޭޑްސް' އުފެއްދުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މި ޖަމާޢަތަކީ އިސްރާއީލާއި ދެކޮޅަށް ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތާއި އެކުގައި މަސައްކަތްކުރާ ޖަމާޢަތެކެވެ

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގެ ނަސްލު ނައްތާލަން ފެށި ޤަތުލުޢާންމާއި ގުޅިގެން، ދިފާޢުގައި ޙަމާސް ޖަމާޢަތުން ކުރަމުންދާ މަސައްކަތުގައި ޕީއާރްސީގެ މުޖާހިދުން ވެސް ހިމެނެއެވެ.

ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް މި ދެއަހަރުތެރޭގައި ޔަހޫދީން ހިންގި ޤަތުލުޢާންމުގައި ލައްކައެއްހާ މީހުން ޝަހީދުވި ކަމަށް ޙަމާސް އިން ބުނެއެވެ. އޭގެތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، ކުޑަކުދިންނާއި ކުޑަކުދިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%