އެމެރިކާ އާއި އެކު ނިއުކްލިއާ މަޝްވަރާތައް އަލުން ފަށަން އިރާނުން ހިންޓެއް ދީފި

ޢަބްދުﷲ ޖުނައިދު | 13 ދުވަސް ކުރިން - 17 ނޮވެންބަރު 2025 10:38
އިރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާގިޖީ
އިރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާގިޖީ
ޚުލާސާ

އީރާނަށް އެއްވެސް ކަމެއްގައި އެމެރިކާ އިން މަޖުބޫރު ކުރާނަމަ އީރާނުން އެއްބަސްވުމެއް ނަހަދާނެ

އިރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއަރ މަޝްވަރާތައް އަލުން ފެށުމަށް އިރާނުން ތައްޔާރުކަން ހާމަކޮށްފިއެވެ. އިރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާގިޖީ ވިދާޅުވީ އެމެރިކާއިން ވަނީ އެކަމުގައި އެދިފައި ކަމަށާއި، ނަމަވެސް އީރާނަށް އެއްވެސް ކަމެއްގައި އެމެރިކާ އިން މަޖުބޫރު ކުރާނަމަ އީރާނުން އެއްބަސްވުމެއް ނަހަދާނެ ކަމަށެވެ.

މީގެ ކުރިން އެމެރިކާ އާއި އީރާނުން ވަނީ ފަސް ބުރެއްގެ މަތީން ނިއުކްލިއަރ މަޝްވަރާތައް އޮމާނުގެ މެދުވެރިކަމާއެކު ނުސީދާކޮށް ކުރިއަށް ގެންގޮސްފައެވެ.

ހަމަ އެހެންމެ އެޕްރީލް މަހު ދެޤައުމުގެ ޚާއްޞަ މަންދޫބުން ވަނީ އެއްބަޔަކު އަނެއްބަޔަކާއި ސީދާ ބައްދަލު ވެސް ކޮށްފައެވެ. މިއީ އެފަދަ ފެންވަރެއްގައި އެތައް އަހަރެއްގެ ތެރޭގައި ދެފަރާތުން ސީދާ ބައްދަލުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް، ދެޤައުމުގެ ދެމެދު އިތުބާރު ނެތްކަމުގެ ސަބަބުން، މި މަޝްވަރާތައް ވަނީ ހުއްޓިފައެވެ.

މިހާރު އިރާނުން ބޭނުންވަނީ އެޤައުމުގެ ޤައުމީ މަޞްލަޙަތުތަކަށް ބިނާކޮށް، އަލަށް ބައެއް ޝަރުތުތައް ހިމެނުމަށެވެ. މިކަމުގެ ތެރޭގައި އެމެރިކާއިން އިރާނުގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އިރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އަލުން ޙަމަލާ ނުދިނުމުގެ ޔަޤީންކަން ދިނުން ހިމެނެއެވެ.

އިރާނުގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރ، އަލީ ލާރިޖާނީ ވަނީ ތެހެރާނުން "އެމެރިކާއަށް އިތުބާރު ނުކުރާ" ކަމަށް ބުނެ އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.

ޣައްޒަ ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ އިސްނެގުމާއެކު އިރާނުގެ ނިއުކްލިއަރ ސައިޓުތަކަށް ވައިގެ ހަމަލާތައް ދީފައިވާއިރު ވެސް، އިރާނުގެ ޑިޕްލޮމެޓުން ވިދާޅުވަނީ "ޑިޕްލޮމަސީގެ ދޮރުތައް އެއްގޮތަކަށްވެސް ބަންދުނުވާނެ" ކަމަށެވެ. (ޔަޣްނީ) ޞުލްޙަވެރި މަޝްވަރާތަކަށް އީރާނުން އޮތީ މަގުފަހިކުރުމަށް ތައްޔާރަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%