Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖަލު ހެދުން ލާން ދެކޮޅު ހެދުމުން ބައްސާމް ކޯޓަށް މިއަދު ހާޒަރުވީ ކުލަހެދުމުގައި

ޖަލު ހެދުން ލާން ދެކޮޅު ހެދުމުން ބައްސާމް ކޯޓަށް މިއަދު ހާޒަރުވީ ކުލަހެދުމުގައި

އައިޝަތު ރުވާ ރިފްޢަތު
247 ދުވަސް ކުރިން - 16 ނޮވެންބަރު 2025 21:52
ބައްސާމް އަދީލް ޖަލީލު---ފޮޓޯ: އިންޓަނެޓް
ބައްސާމް އަދީލް ޖަލީލު---ފޮޓޯ: އިންޓަނެޓް
ޚުލާސާ

އެފްއޭއެމްގެ ކުރީގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލްގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމަށް ހާޒިރުވެފައިނުވާތީ، އޭނާ ހައްޔަރުކޮށްގެން މާދަމާ ކޯޓަށް ހާޒިރުކުރަންމަށް އަމުރުކޮށްފައިވޭ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު، ޖަލުގެ ގައިދީންނަށް ހާއްސަކޮށްފައިވާ ހެދުން ލާން ދެކޮޅު ހެދުމުން، މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރީ އޭނާ އެދުނު ގޮތަށް ކުލަ ހެދުމުގަ އެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ބައްސާމްގެ މައްޗަށް އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 8:15 އަށް ތާވަލުކުރެވުނެވެ. ނަމަވެސް، ބައްސާމް ޖަލު ހެދުން ލައްވައި، ބިޑި އަޅުވައިގެން ކޯޓަށް ގެންނަން ކަރެކްޝަނަލް ސާވިސްއިން މަސައްކަތް ކުރުމުން އޭނާ ޖަލުގެ ގޮޅިން ނުކުންނަން ދެކޮޅު ހެދި އެވެ. މިއީ ޖަލު ހުކުމް ތަންފީޒުކުރާ މީހުން ކޯޓަށް ހާޒިރުކުރުމުގައި އެ އިދާރާއިން އާންމުކޮށް އަމަލުކުރާ ގޮތެވެ. މިކަމާ ގުޅިގެން އަޑުއެހުން ދިގުލައިގެން ދިޔަ ކަމަށް ކޯޓުން ބުނެފައިވެ އެވެ.

ގިނައިރުތަކެއް ފަހުން ބައްސާމް ކޯޓަށް ހާޒިރުކުރެވިފައިވަނީ މިއަދު ހެނދުނު 11:00 އަށް އޭނާ އެދުނު ގޮތަށް ކުލަ ހެދުމުގައި ބިޑި އަޅުވައިގެންނެވެ. ކޯޓަށް ހާޒިރުވާން ބައްސާމް ދެކޮޅު ހެދި މައްސަލައިގައި ޝަރީއަތުން އޭނާއަށް ވަކި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

Advertisement

Advertisement 1

މިއަދުގެ އަޑުއެހުން ތާވަލުކުރެވިފައި އޮތީ، އެފްއޭއެމްގެ ކުރީގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލްގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް އޭނާ މިއަދު ކޯޓަށް ހާޒިރުވެފައި ނުވާތީ، އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. މިކަމާ ގުޅިގެން ޝަރީއަތުން ވަނީ އަގީލް ހައްޔަރުކޮށްގެން މާދަމާ ކޯޓަށް ހާޒިރުކުރަން ނިންމާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ބައްސާމް ވަނީ އޭނާއަށް ވަކީލުންނާ ބައްދަލުކުރަން ދަތިވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން ބައްސާމަށް ވަކީލުންގެ ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ޝަރީއަތުން ވަނީ އަންގާފަ އެވެ.

ބައްސާމްގެ މައްޗަށް ދައުލަތުން ކުރާ މި ދައުވާތައް ގުޅެނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކޮށްގެން ހުޅުމާލޭ އަމިން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އެވެ. ބައްސާމް މިހާރު ވެސް ދަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މިދިޔަ އަހަރުން ފެށިގެން މި ޕެންޓްހައުސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ބުނެފައިވަނީ، ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި، ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ. ނަމަވެސް، ގާޒީ ވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވައިފަ އެވެ.

މި މައްސަލާގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ،

ކްރިމިނަލް ކޯޓުބައްސާމް އަދީލް ޖަލީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

3 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

3 ދުވަސް ކުރިން - 18:42

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

42 ދުވަސް ކުރިން - 11:09

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

70 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

70 ދުވަސް ކުރިން - 16:23

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

70 ދުވަސް ކުރިން - 00:06