Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޯލްޑިވިއަންގެ އެއާ އެމްބިއުލާންސް ހިދުމަތް ދުބާއީ އާއި ތައިލެންޑަށް ފުޅާ ކުރަނީ

މޯލްޑިވިއަންގެ އެއާ އެމްބިއުލާންސް ހިދުމަތް ދުބާއީ އާއި ތައިލެންޑަށް ފުޅާ ކުރަނީ

މުހައްމަދު ޖަމްޝަތު
297 ދުވަސް ކުރިން - 16 ނޮވެންބަރު 2025 17:41
ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ހެލްތް މިނިސްޓްރީ
ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ހެލްތް މިނިސްޓްރީ
ޚުލާސާ

މޯލްޑިވިއަނުން މިހާރު މި ހިދުމަތް ދެނީ ރާއްޖޭގައި އެކަނި. ދުބާއީ އާއި ތައިލޭންޑަށް ފުޅާކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ

ރާއްޖޭގެ އެއާ އެމްބިއުލަންސް ހިދުމަތް ދުބާއީ އާއި ތައިލެންޑަށް ފުޅާކުރަން ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނާއެކު މިއަދު ސޮއިކޮށްފި އެވެ. 

މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި ރާއްޖޭގެ ގައުމީ އެއާލައިނުން ވަނީ ސޮއިކޮށްފަ އެވެ.

ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ހަމްދާން ނާސިރެވެ. އައިލެންޑް އޭވިއޭޝަން (މޯލްޑިވިއަން)ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހީނާ ވަލީދެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

Advertisement

Advertisement 1

އެއާ އެމްބިއުލަންސްގެ ހިދުމަތަކީ ރައީސް ޑރ. މުއިއްޒުގެ، ރިޔާސީ ވައުދުތަކުގެ ތެރެއިން ސަރުކާރުގެ 14 ހަފްތާގެ މަސައްކަތުގެ ތެރޭގައި ހިމަނުއްވާ، 2024 ވަނަ އަހަރުގެ މާޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހިދުމަތެކެވެ. މި ވަގުތު އެއާ އެމްބިއުލާންސްގައި ދަތުރުކުރަނީ މާލެ އަށް އެކަންޏެވެ. އެކަމަކު، ސްރީ ލަންކާ އަށް އެ ދަތުރުތައް ފެށުމަށް މަޝްވަރާކޮށް، ގޮތްތަކެއް ނިމިފައިވީ ނަމަވެސް އަދި ސޮއެއް ނުކުރެ އެވެ.

މި ހިދުމަތް މޯލްޑިވިއަންއިން ފަށާފައިވަނީ DHC-8-200 މަރުކާގެ މަތިންދާބޯޓެއް ބޭނުންކޮށްގެންނެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ރަނގަޅުކޮށް އޭގައި ބޭނުން ކުރާ އާލާތްތައް ފުރިހަމަ ކުރުމަށް ޓަކައި އުރީދޫއިން މީގެ ކުރިން ވަނީ 16 މިލިއަން ރުފިޔާގެ އަގު ހުރި މެޑިކަލް އިކުއިޕްމެންޓްސް ހަދިޔާކޮށްފަ އެވެ.

މޯލްޑިވިއަންމިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއެންސްޕާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ށ. އަތޮޅުގައި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމުގެ ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ތައްޔާރުވެއްޖެ

އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ށ. އަތޮޅުގައި ބައްދަލުވުންތަކެއް ބާއްވަނީ

6 ދުވަސް ކުރިން - 16:36

އެންސްޕާގެ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

އެންސްޕާގެ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

10 ދުވަސް ކުރިން - 19:50

މޯލްޑިވިއަންގެ ފްލީޓް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް އަލްވަދާޢު ކިޔައިފި

ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް މޯލްޑިވިއަނުން އަލްވަދާޢު ކިޔައިފި

54 ދުވަސް ކުރިން - 00:07

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

59 ދުވަސް ކުރިން - 22:51

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

63 ދުވަސް ކުރިން - 20:10

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

81 ދުވަސް ކުރިން - 15:58