Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރައީސް ކެތްތެރިކަމާއެކު ބިނާކުރައްވަމުން އެދަނީ ވަރަށް ރަނގަޅު ދައުލަތެއް، ހުރިހާ ވަގުތެއް ހުސްކޮށްލައްވަނީ ގައުމަށްޓަކާ: ފަލާހު

ރައީސް ކެތްތެރިކަމާއެކު ބިނާކުރައްވަމުން އެދަނީ ވަރަށް ރަނގަޅު ދައުލަތެއް، ހުރިހާ ވަގުތެއް ހުސްކޮށްލައްވަނީ ގައުމަށްޓަކާ: ފަލާހު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
203 ދުވަސް ކުރިން - 14 ނޮވެންބަރު 2025 23:32
އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު. ރައީސް ޑރ. މުއިއްޒު ފަދަ އިހުލާސްތެރި، ތެދުވެރި، އަދި އަމާނަތްތެރި ވެރިއެއްގެ ފަހަތުގައި މަސައްކަތްކުރައްވަން ފުރުސަތު ލިބުނީތީ މާތް ﷲ އަށް ޝުކުރުކުރާ ކަމަށް ފަލާހު ވިދާޅުވި--- ފޮޓޯ:
އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު. ރައީސް ޑރ. މުއިއްޒު ފަދަ އިހުލާސްތެރި، ތެދުވެރި، އަދި އަމާނަތްތެރި ވެރިއެއްގެ ފަހަތުގައި މަސައްކަތްކުރައްވަން ފުރުސަތު ލިބުނީތީ މާތް ﷲ އަށް ޝުކުރުކުރާ ކަމަށް ފަލާހު ވިދާޅުވި--- ފޮޓޯ:
ޚުލާސާ

ރައްޔިތުން ވޯޓުދިނީ ޕީއެންސީ މެމްބަރުންނަށް ނޫން ކަމަށާއި، ރައްޔިތުން ވޯޓުދިނީ ރައީސްގެ ސިޔާސަތުތައް ކުރިއަރުވައި ދެމެހެއްޓުމަށްކަމަށް ފަލާހު ވިދާޅުވި

ރައީސް ޑރ. މުއިއްޒު ކެތްތެރިކަމާއެކު ބިނާކުރައްވަމުން އެދަނީ ވަރަށް ރަނގަޅު ދައުލަތެއް ކަމަށާއި، އެމަނިކުފާނުގެ ހުރިހާ ވަގުތެއް ހުސްކޮށްލައްވަނީ ގައުމަށްޓަކައި ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މެމްބަރު ފަލާހު މި މޭރުމުން ވިދާޅުވީ، ޕީއެންސީން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޑރ. މުއިއްޒު އެފަދައިން ގައުމަށްޓަކައި ވަގުތު ހުސްކޮށްލެއްވުމުގެ ސަބަބުން އެމަނިކުފާނުގެ އާއިލާއަށް ފަސް މިނެޓުގެ ވަގުތުކޮޅެއްވެސް ނުދެއްވޭނެކަން ޔަގީންވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ފަދަ އިހުލާސްތެރި، ތެދުވެރި، އަދި އަމާނަތްތެރި ވެރިއެއްގެ ފަހަތުގައި މަސައްކަތްކުރައްވަން ފުރުސަތު ލިބުނީތީ މާތް ﷲ އަށް ޝުކުރުކުރާ ކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ވިދާލުވި ގޮތުގައި، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުން އެންމެ ބޮޑު މެޖޯރިޓީއެއް ދިން ޕާލިމެންޓް ކަމަށެވެ.

Advertisement

Advertisement 1

ފަލާހު ވިދާޅުވި ގޮތުގައި، ރައްޔިތުން ވޯޓުދިނީ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ނޫން ކަމަށާއި އެހެން ނަމަވެސް، ރައްޔިތުން ވޯޓުދިނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރާއި އެމަނިކުފާނުގެ ސިޔާސަތުތައް ކުރިއަރުވައި ދެމެހެއްޓުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މޮޅުކަމަކުން، އަޅުގަނޑުމެންގެ ވަރުގަދަކަމަކުން ނޫން މެމްބަރުން ވޯޓުދިނީ، އެ ސަބަބު އެ ކަން އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ" --- މެމްބަރު ފަލާހު ވިދާޅުވި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ރައީސް ފަށްޓަވައިދެއްވައި ރައްޔިތުންނަށް އުންމީދު ގެނެސްދެއްވި ކަމަށް ފަލާހު އިތުރަށް ވިދާޅުވި އެވެ.

މެމްބަރު އިބްރާހިމް ފަލާހް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޯޓުތަކުގެ ވާހަކަ ނަޝީދު ދައްކާނެ ކަމެއް ނެތް؛ އިސްތިއުފާ ދިނީ ފަނޑިޔާރަކު ވަގަށް ނަގައިގެން: ފަލާހް

"ނަޝީދު އިސްތިއުފާ ދިނީ ފަނޑިޔާރަކު ވަގަށް ނަގައިގެން"

22 ދުވަސް ކުރިން - 21:23

ޕީޕީއެމުން އޭރު މުޒާހަރާކުރީ ރައީސް ޔާމީންގެ އޯޑަރަށް: ފަލާހް

"ޕީޕީއެމުން އޭރު މުޒާހަރާކުރީ ރައީސް ޔާމީންގެ އޯޑަރަށް"

31 ދުވަސް ކުރިން - 14:23

ޔާމީނަކީ ވަރަށް މޮޅު "އިކޮނޮމިސްޓް" އަކަށް ހެދިގެން އުޅުއްވާ ބޭފުޅެއް: ފަލާހު

"ޔާމީނަކީ މޮޅު "އިކޮނޮމިސްޓް"އަކަށް ހެދިގެން އުޅުއްވާ ބޭފުޅެއް"

49 ދުވަސް ކުރިން - 11:42

2008 އިން ފެށިގެން ދޮގު ހެދުން ތަކުރާރުވުމުގެ ސަބަބުން އެމްޑީޕީއަށް އޮތް ތާއީދު ވަނީ ގެއްލިފައި: ފަލާހު

"ދޮގުހެދުމުގެ ސަބަބުން އެމްޑީޕީއަށް މިހާރު ތާއީދެއް ނެތް"

102 ދުވަސް ކުރިން - 00:25

މި ސަރުކާރަކީ އެމްޑީޕީ ސަރުކާރާ ހިލާފަށް މަޝްރޫއުތައް ފަށާފައި ނިންމާނެ ސަރުކާރެއް: ފަލާހު

މި ސަރުކާރުން މަޝްރޫއުތައް ފަށާފައި ނިންމާނެ: ފަލާހު

126 ދުވަސް ކުރިން - 23:36

މޭޔަރު ކަމުގައި ރައީސް ފެއްޓެވި ކަންކަން ނިންމުމަށް ޖަލީލު ހޮވަންޖެހޭ: ފަލާހު

"ރައީސް ފެއްޓެވި ކަންކަން ނިންމުމަށް ޖަލީލު ހޮވަންޖެހޭ"

130 ދުވަސް ކުރިން - 23:49