ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއާ މިރޭ ގުޅިއްޖެއެވެ.
މަހުލޫފާއި، އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއް ޕީއެންސީއަށް ސޮއިކުރުމަށްފަހު، ޕާޓީއާ ގުޅުނުކަމުގެ ލިޔުން ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއާ ހަވާލުކޮށްފައިވަނީ ޕީއެންސީން މިރޭ ބޭއްވި "ދިވެހީންގެ ރާއްޖެ" ބޮޑު ޖަލްސާގައެވެ.
ޕީއެންސީއާ މިރޭ ގުޅުނު އެމްޑީޕީގެ އިސް އެކްޓިވިސްޓުން---ފޮޓޯ:ރައީސް އޮފީސް
މަހުލޫފަކީ ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއްވެސްމެއެވެ. މަހްލޫފް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
މަހްލޫފްގެ އިތުރުން، އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއްވެސް ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ ކުރީގެ ރައީސް ޗަބީ އާއި ބަނބުކެޔޮ ހުސައިން ހިމެނެ އެވެ.
ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެވެ.






