ރަޝިޔާ އާއި އީރާނުގެ ތެޔޮ ނުގަތުމަށް އެމެރިކާއިން ޤައުމުތަކަށް އިންޒާރުދީފައިވާއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ސިންގަޕޫރަށް ދަތުރުކުރަމުން ދިޔަ މާޝަލްއައިލެންޑްސްގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ ޓަލާރާގެ ކޮންޓްރޯލް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އަތުލައިފިއެވެ.
އެމެރިކާގެ ސަލާމަތީ މަސްދަރުތަކުން ބުނާ ގޮތުގައި މި ޓޭންކަރާއި ކަނޑުމަތިން ދިމާކުރީ އީރާނުގެ އަސްކަރީ ކަނޑުގެ ކުދިކުދި އުޅަނދުތަކެކެވެ.
ސައިޕްރަސްގެ ކޮލަމްބިއާ ޝިޕްމެނޭޖްމަންޓުން ގެންގުޅޭ މި ތެޔޮ ޓޭންކަރު މިހާރު އީރާނަށް ގެންދާ ކަމަށް ޚަބަރު ލިބެއެވެ.






