ރައްޔިތުންގެ އުންމީދުތައް ގުޅިފައިވާ ރަސްމާލެއަށް ރައީސް ޒިޔާރަތްކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 23 ދުވަސް ކުރިން - 12 ނޮވެންބަރު 2025 19:40
ރައީސުލްޖުމްހޫރިއްޔާ ރަސްމާލޭގައި. އެމަނިކުފާނު ވަނީ އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައި---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ރަސްމާލޭގައި. އެމަނިކުފާނު ވަނީ އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައި---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރަސްމާލެ ހިއްކުމުގެ ތިން ސަރަހައްދެއް ބާރު ދުވެލީގައި ދަނީ ކުރިއަށް. ކުރިއަށް ފަސް މަސް ތެރޭ 15،000 ގޯތި ދުކުރައްވާނެ ކަމަށް ރައީސް އިއްޔެ އިއުލާނު ކުރެއްވި.

ތޮށްޖެހިފައިވާ މާލެއަށް ދާއިމީ ހައްލެއް ގެނެސްދޭނެ ބިން ކަމުގައިވާ ރަސްމާލެ އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައިފި އެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ކ. ގުޅި އަށް ވަޑައިގަތުމަށްފަހު ރައީސް ރަސްމާލެ އަށް ވަޑައިގަތީ އެ ސަރަހައްދުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްދާ ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތުގެ ތިން ސަރަހައްދެއްގެ މަސައްކަތް ބާރު ދުވެލީގައި މިހާރު ދަނީ ހިއްކަމުންނެވެ. މި ހިނގާ ނޮވެމްބަރު މަހު އަދި ކުރިއަށް އޮތް ޑިސެމްބަރު މަހު އިތުރު ޑްރެޖަރުތަކެއް ރާއްޖެ ގެނެސް ރަސްމާލެ ހިއްކުމުގެ ދުވެލި މިއަށްވުރެ އަވަސްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

ކ. ފުށިދިއްގަރުފަޅުގައި ހިއްކާފައިވާ ސަރަހައްދެއް. / ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް މަސް ތެރޭ ރަސްމާލޭގައި ހިއްކޭ ބިމުން 18 އަހަރުން މަތީގެ ރައްޔިތުންނަށް 15،000 ގޯތި ދޫކުރުމަށް ހުޅުވާލާނެ ކަމަށެވެ. އޭގެ ތެރެއިން އެންމެ އިސްކަމެއް ދެެއްވާނެ ފަރާތްތަކަކީ އަމިއްލަ ބޯހިޔާވަހިކަމެއް އެއްވެސް ވަރަކަށް ނެތް ފަރާތްތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކ. ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކުމުގެ މަސައްކަތް ފެށީ މި ސަރުކާރު ހަވާލުވެ އޭގެ އެއްމަސް ފަހުން ޑިސެމްބަރު 2023 ގަ އެވެ. ރަސްމާލެ ހިއްކައި ރައްޔިތުނަށް އެތަނުން ބޯހިޔާވަހިކަން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އިސް ވައުދެވެ.

ރަސްމާލެ ހިއްކައި ނިމޭއިރު އެ ބިމުގައި 1،153 ހެކްޓަރު ހުންނާނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިމަށް ވެގެންދާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%